ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 13:29
ގްރައުންޑް ހޭންޑްލިންގް މަސައްކަތަށް އިތުުރު ވެހިކަލްތަކެއް ބޭނުންކުރަން ފެށުން
ގްރައުންޑް ހޭންޑްލިންގް މަސައްކަތަށް އިތުުރު ވެހިކަލްތަކެއް ބޭނުންކުރަން ފެށުން
އެމްއޭސީއެލް
އެމްއޭސީއެލް
ކުންފުނީގައި ބައިވަރު މެއިންޓަނަންސް މަސައްކަތްތައް ހުރުމާއެކު، ވަގުތީ ރިޓެއިނަރ ކޮންޓްރެކްޓަރުން ބޭނުންވޭ: އެމްއޭސީއެލް
 
ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދޭ
 
2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށަހެޅޭނެ

ކުންފުނީގައި ބައިވަރު "ސިވިލް މެއިންޓަނަންސް" މަސައްކަތްތައް ހުރުމާއިއެކު، ވަގުތީ "ރިޓެއިނަރ ކޮންޓްރެކްޓަރުން" ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން ބޭނުންވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

އެމްއޭސީއެލްއިން ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތުގެ ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރު ވެސް ގިނަފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު ފަހުން ހުޅުވާލެވޭނެކަމަށްވެސް ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް