ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 12:50
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ އޮފީސް
ޕީޖީ ނިއުސްލެޓަރ- އުންސުރު
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
 
މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް އަވަސްކޮށްދެއްވުން އެދި ކޯޓުތަކަށް ލިޔަމުންދޭ
 
އެކަށީގެންވާ އަވަސްމިނެއްގައި މައްސަލައިގައި ގޮތެއް ނިމުމަކީ ދަޢުވާލިބޭ މީހުންގެ ޙައްޤެއް

ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަަލަމުންދާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގެ އައު އަދަދުގައި ޝާއިއު ކުރެއްވި ލިއުމެއްގައި ޝަމީމް ވިދާޅުވީ، ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލައި ވަޒަންކުރަމުންދާ ކަމަށެވެ.

އަދި އަލުން ބަލާއިރު، އަދިވެސް ކުރިއަށް ގެންދަންޖެހޭކަމަށް ފެންނަ މައްސަލަތައް ފާހަގަކޮށް، އެ މައްސަލަތައް އަވަސްކޮށްދެއްވުން އެދި ކޯޓުތަކަށް ލިޔަމުންދާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.  

ޝަމީމް ވިދާޅުވީ، ޖިނާއީ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލުމަށްފަހު، އެކަށީގެންވާ އަވަސްމިނެއްގައި އެ މައްސަލައިގައި ގޮތެއް ނިމުމަކީ ދަޢުވާލިބޭ މީހުންގެ ޙައްޤެއް ކަމަށެވެ.

އޭގެ އިތުރުން، މީހުންގެ މައްޗަށް ޖިނާއީ ދަޢުވާކުރުމަށްފަހު އެ ދަޢުވާއާމެދު ގޮތެއް ނުނިމި މި ނިޒާމުގެ ތެރޭގައި ދިގު މުއްދަތަކަށް މީހުން ތާށިވެފައި ތިބުމަކީ މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެކަމުގެ ސަބަބެއްގެ ގޮތުގައި ޝަމީމް ވިދާޅުވީ، ކުށްކުށުގައި ދަޢުވާލިބޭ މީހުންނަކީވެސް މުޖުތަމަޢުގައި މުހިންމު އެކި ދައުރު އަދާކުރާ މީހުން ކަމަށާއި، އެންމެންނަކީ ދާއިމީކޮށް ކުށް ކުރުމުގައި ދެމިތިބޭނެ މީހުންނެއް ނޫން ކަމަށެވެ.

މީގެ އިތުރުން، މި ރަމަޟާން މަހު، ކުރިން ނުނިންމި ހުރި ބައެއް މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ނުލިޔެވި ހުރި އެސްއޯޕީތައް ފައިނަލް ކުރުމާއި، މުވައްޒަފުންގެ ތަމްރީން ޕްރޮގްރާމްތަކާއި، އިދާރީ ގޮތުން ހަރުދަނާކުރަންޖެހޭ ކަންކަން ކުރަންވެސް ރަމަޟާން މަހަކީ ވަރަށް ރަނގަޅު މާޙައުލެއް އުފައްދައިދޭ މައްސަރެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

 ޝަމީމް ވިދާޅުވީ، މިހުރިހާ ކަމަކާއެކު، އަޟްޙާ ޢީދަށްފަހު އަލުން މަސައްކަތް ފަށައިގަންނާނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ އައު ޢަޒުމަކާއި އައު ހިތްވަރަކާއެކުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި އެއްބަސްވި މީހާއަށް ދައުވާނުކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި
ކުޑަކުދިން އެސްކްޕްލޮއިޓް ކުރުމުގެ ކުށުގެ މައްސަލަތައް ބަލައި ދައުވާކުރާނެ ގޮތާބެހޭ އިރުޝާދެއް ޕީޖީ އޮފީހުން ނެރެފި
119 ކިލޯ ޑްރަގް: ވަކި މީހެއްގެ ބޮލުގައި ޒިންމާ އަޅުވަން އުޅޭކަމުގެ ތުހުމަތު ދައުލަތުން ކޮށްފައި ވަނިކޮށް، ކުށް ސާބިތުވީވެސް އޭނާގެ މައްޗަށް އެކަނި!