ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 09:04
މާސެލް ސަބިޓްޒާ ޑޯޓްމުންޑް މޮޅުވި ގޯލު ޖަހާފައި އުފާ ފާޅުކުރަނީ
މާސެލް ސަބިޓްޒާ ޑޯޓްމުންޑް މޮޅުވި ގޯލު ޖަހާފައި އުފާ ފާޅުކުރަނީ
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގް
އެތްލެޓިކޯ ކަޓުވާލައި ޑޯޓްމުންޑް ސެމީ އަށް
ސެމީ ފައިނަލުގައި ޑޯޓްމުންޑް ކުޅެން ޖެހޭނީ ފްރާންސްގެ ޕީއެސްޖީއާ

އެތްލެޓިކޯ މެޑްރިޑް 5-4އިން ކަޓުވާލުމަށްފަހު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު 2-1އިން ޑޯޓްމުންޑް ބަލިވި ނަމަވެސް ރޭގެ މެޗު ކާމިޔާބު ކުރީ 4-2އިންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ޑޯޓްމުންޑް ކުޅެން ޖެހޭނީ ރޭ ބާސެލޯނާ އަތުން މޮޅުވި ފްރާންސްގެ ޕީއެސްޖީއާ އެވެ.

މެޗަށް ފަހު ކޯޗު ޓެރްޒިކް ބުނީ ކުރީ މެޗުން ބަލިވެފައި އޮތުމުން މުޅި ޓީމު ވެސް އޮތީ އަމިއްލަ ދަނޑުގައި މޮޅުވާން ގަދައަޅައިގެން ކަމަށާއި 2013ގެ ފަހުން ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދެވުނީ އެރޫހުގައި ކުރި މަސައްކަތުން ކަމަށެވެ.

އަހަރުމެންގެ ފުރަތަމަ މެޗު އެހޭ ރަނގަޅެއްނޫން. މި މެޗުގައި އަހަރުމެން އެކަންކަން ރަނގަޅު ކުރިން. އަދި މެޗު ފެށުނީއްސުރެ އަހަރުމެން އޮތީ މޮޅުވުމާ ވަރަށް ކައިރީގައި. އަހަރުމެން މި މެޗުގައި މާ ރަނގަޅަށް ވެސް ކުޅުނިން
ޓެރްޒިކް / ޑޯޓްމުންޑްގެ ކޯޗު

އޭނާ ބުނީ ސެމި ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެން ޕެރިހަށްދާނީ އެއީ އެންމެ މޮޅު ޓީމު ކަމުގައި ދެކިގެން ކަމަށެވެ.

އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނީ ޑޯޓްމުންޑްކީ އެމީހުންގެ ދަނޑުގައި ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ.

މިއޮތީ އެކަން ފެނިފައި. އަހަރުމެން ވަރަށް މަސައްކަތް ކުރިން ގޭމުގެ ކޮންޓްރޯލް ހޯދުމަށް. އެކަމަކު އެމީހުން މާމޮޅު
ޑިއެގޯ ސިމިއޯނީ / އެތްލެޓިކޯގެ ކޯޗު
- ކޮމެންޓް