ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 14:39
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން
ޝަރީއަތް ލަސްވާ ސަބަބު ހޯދަން، ޔާމީނުގެ ޓީމުން ހައިކޯޓަށް ދިއުން
ރާއްޖެއެމްވީ
ރައީސް ޔާމީން މިނިވަންކުރުން
ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވައި އެހެން ވާހަކައެއް މި ސަރުކާރުން ނުދައްކާ - މަލީހު
 
ރައީސް ޔާމީން ގެނައި ވެރިކަމުގައި ތިބި މީހުންގެ ބަދަލުގައި މިއަދު އެމަނިކުފާނުގެ މައްސަލައިގައި ވާހަކަ ދައްކަނީ އެމްޑީޕީން
 
ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޝަފީގު ޖަވާބުދާރިކުރުވާނަން

ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވައި އެހެން ވާހަކައެއް ރައީސް މުއިއްޒުވެސް އަބްދުއްރަހީމްވެސް އަދި މި ސަރުކާރުގެ މިނިސްޓަރުންވެސް ނުދައްކަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ކަން ހިނގައިދިޔަ ގޮތަކީ އެއްގޮތަކަށްވެސް ގަބޫލުކުރާ ހަމައަކުންދިޔަ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން އެކަމާއި ގުޅިގެން ހެދީ ކަނޑައެޅިގެން ދޮގުތަކެއް ކަމަށެވެ. މަލީހު ވިދާޅުވީ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ބައްދަލުކުރަން ވަޑައިގަންނަވަންޖެހޭ ތަންތަން، ރައީސް ޔާމީންގެ ސިޔާސީ މަސައްކަތް ހުއްޓުވަން ސަރުކާރުން ގަދަބާރުން ކުރަމުން އަންނަ މަސައްކަތް ވަގުތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މަލީހު ވިދާޅުވީ މިއަދުގެ ހަގީގަތަކީ ރައީސް ޔާމިން ރިޔާސީ ރޭހުން ބޭރުކުރުމަށްފަހުގައި އަދި ރައީސް ޔާމީންގެ ސަރުކާރެއް ރާއްޖޭގައި ގާއިމްވެގެން ގޮސް 4 މަސް ވެގެންދިޔައިރު، އެ ސަރުކާރު ގެނައުމަށްޓަކައި ރައީސް ޔާމީންގެ އާއިލާއާއި ރައީސް ޔާމީންގެ ސަޕޯޓަރުން ކުރެއްވި ހުރިހާ މަސައްކަތެއް އެއްފަރާތަށް ޖައްސަވާފައި ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި މިއަދުގެ ހަގީގަތަކީ އެ ވާހަކަ ދައްކަނީ އެމްޑީޕީގެ ފަރާތުން ކަމަށެވެ.

އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް އެ މައްސަލަ ޖޭއެސްސީއަށް ވައްދާ ވާހަކަ ދެއްކީ މިއަދުގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް. އަޅުގަނޑުމެން ޝުކުރު އަދާކުރަން އެބަޖެހޭ. މިއަދު ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވައި އެހެން ވާހަކައެއް ރައީސް މުއިއްޒުވެސް އަބްދުއްރަހީމްވެސް އަދި މި ސަރުކާރުގެ މިނިސްޓަރުންވެސް ނުދައްކަވާ.
މުހައްމަދު މަލީހު ޖަމާލް

މަލީހު ވިދާޅުވީ ޕީއެންއެފް އުފައްދާ ޖަލްސާ ޣިޔާޘުއްދީންގައި ބާއްވަން ބޮޑު ހަރަދުކޮށް، އެތައް ސަޕޯޓަރުން ވަޑައިގެން ފަހުން އެތަނަށް ފުލުހުން ފޮނުވާ ސަޕޯޓަރުންނަށް އެތައް އަނިޔާއެއް ދިންކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ގަބޫލުކުރެއްވީ ފުލުހުން އަމަލުކުރީ ޣައިރު ގާނޫނީކޮށް ކަމަށާއި، ފުލުހުން ކުށްވެރިވާން ނުޖެހޭ ކަމަށެވެ. މަލީހު ވިދާޅުވީ މި މައްސަލައިގައި ކުށްވެރިވާނީ ރައީސް މުއިއްޒާއި، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، އެޑިއުކޭޝަން މިނިސްޓަރު ޝަފީގު ކަމަށެވެ.

އެ 3 ބޭފުޅުން ޒިންމާ ނަގަންޖެހޭ. އެ 3 ބޭފުޅުން ޖަވާބުދާރީކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަޅުގަނޑުމެންގެ އެތައް ބަޔަކަށް އަނިޔާވެއްޖެ. ފުލުހުން އެތަނަށް އައީ ކޯޓު އަމުރެއް ހިފައިގެން ނޫން. ފުލުހުން އެތަނަށް އައީ ޣައިރު ގާނޫނީ އަމުރަކަށް.
މުހައްމަދު މަލީހު ޖަމާލް

މަލީހު ވިދާޅުވީ މިއަދު ހަރުއަޑުން ބުނަންޖެހެނީ މުއިއްޒު ނޫން ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އެހެން ބުނަން ޖެހޭ މައިގަނޑު ސަބަބަކީ، އަނިޔާވެރިކަމަށް ނޫނެކޭ ބުނުމާއި، ރައީސް ޔާމީންގެ ހައްގުގައި ވޯޓު ދެއްވި އެތަކެއް ރައްޔިތުންގެ ހައްގު ގެއްލުވާލާފައިވާތީ ކަމަށެވެ. އަދި ކޯނީ ރިޕޯޓަށް ބަލާއިރު، ވެރިކަމެއްގެ ލެޖިޓިމެސީ ނުވަތަ ރައްޔިތުން ވޯޓުދިން އަސާސް ގެއްލޭކަމުގައިވާނަމަ، މުއިއްޒު ވެގެން ރައްޔިތުން ދީފައިވާ ވޯޓެއް ނޯންނާނެ ކަމަށެވެ.

އަދި ރަށްރަށަށް ރައީސް މުއިއްޒު ވަޑައިގެންނެވުމުން، ރައްޔިތުން އެކަމާއި ނުރުހި ސަރުކާރު ކެންޑިޑޭޓަށް ތާއިދުނުކުރައްވަނީ ވެސް ރައީސް ޔާމީން މިނިވަންކުރާނެކަމަށް ބުނެ ވެރިކަމަށް އައިސް އެކަން ނުކުރެއްވުމުން ކަމަށާއި، ކެންޑިޑޭޓް ގޯސްވެގެން ނޫން ކަމަށެެވެ.

މަލީހު ވިދާޅުވީ ރައީސްއޮފީހުގެ އިސް މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުންނަކީ އައުޓްޑޭޓެޑް ޕްރޮޑަކްޓެއް ކަމަށާއި، އެމީހުންގެ މުއްދަތު ހަމަވެއްޖެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް