ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 18:14
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް
ރާއްޖެއެމްވީ
މެމްބަރު ހަލީމްގެ ފާޑުކިޔުން ސަރުކާރަށް
ރައީސް މުއިއްޒު ރައްޔިތުން ގެންގުޅުއްވަނީ އެކި ދަރަޖައިގަ: "ދޮންބިލެތް"
 
ކަންކަން ރަނގަޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް އުންމީދީ ވާހަކައެއް ނުދެކެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ރައީސް މުއިއްޒު ރައްޔިތުން ގެންގުޅުއްވަނީ އެކި ދަރަޖައިގައި ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މަގޫދޫ ދާއިރާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ބުރަ މަސައްކަތުން ކުރަމުން އައި އެތައް މަސައްކަތެއް މި ސަރުކާރުން ވެރިކަމަށް އައިސް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ކަންކަމަށް ސަރުކާރުން ޖަވާބުދާރީވަމުން ނުދާ ކަމަށާއި އެއީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ދާދި ފަހުން ފ.އަތޮޅަށް ވަޑައިގެންނެވި އިރު މަގޫދޫ ފިޔަވާ ހުރިހާ ރަށަކަށް ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުއްވުމަކީ ކަންބޮޑުވުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ މި ސަރުކާރުން ހުރިހާ ކަމެއް ވެސް ކުރަނީ އޮޅުވާލުމާއި މަކަރުގެ ތެރެއިންކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކުގައި އެއްވެސް އުންމީދެއް ނެތް ކަމަށެވެ. ސަރުކާރު އެމްޑީޕީ އަށް ގެއްލިފައިވާ ކަމަށާއި އެމްޑީޕީ އަށް ބާރު ލިބި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މި ސަރުކާރުން ޢަމަލުކުރާ ގޮތުން ރައްޔިތުންނަށް ނުހަނު ގިނަ ގެއްލުމާއި ކުރިމަތިލާން އެބަޖެހޭ ކަމަށެވެ. މީގެ އިތުރުން ކަންކަން ރަނގަޅުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް އުންމީދީ ވާހަކައެއް ނުދެކެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް