ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 15:17
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
އެމްޑީޕީ
މަގޫދޫ އެއާޕޯޓް މައްސަލަ
ސާލިޙުގެ ސުވާލެއް: އަމިއްލަ މަންފާއަށް މަޝްރޫއުތައް ހުއްޓުވުމުން ބޭރުގެ އިންވެސްޓަރުންނަށް މިދެވެނީ ކޮން ކަހަލަ މެސެޖެއްތޯ؟
 
މަގޫދޫ އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭރުގެ އެތައް އިންވެސްޓަރުންނެއް ފައިސާ ދީފައިވޭ
 
އެކަމުގެ ސަބަބުން ފަހުން ދައުލަތުން ބޮޑެތި ބަދަލުތައް ދޭން ޖެހިދާނެ

ސަރުކާރު ބަދަލުވާއިރަށް އަމިއްލަ މަންފާއަށް މަޝްރޫއުތައް ހުއްޓުވުމުން ބޭރުގެ އިންވެސްޓަރުންނަށް މިދެވެނީ ކޮން ކަހަލަ މެސެޖެއްތޯ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ސުވާލު އުފައްދަވައިފިއެވެ.

ފ މަގޫދޫގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މަގޫދޫ އެއާޕޯޓު ތަރައްޤީ ކުރުމަށް ބޭރުގެ އެތައް އިންވެސްޓަރުންނެއް ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ސަރުކާރަށް ބޭރުގެ އިންވެސްޓަރުން ދައްކާފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކަން އެހެން އޮއްވައި ސަރުކާރު ބަދަލުވާއިރަށް އަމިއްލަ މަންފާއަށް މަޝްރޫއުތައް ހުއްޓާލުމުން އިންވެސްޓަރުންނަށް އެ ދެވެނީ ކޮން ކަހަލަ މެސެޖެއްތޯވެސް ރައީސް ޞާލިޙް ސުވާލު ކުރެއްވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ ފަރާތްތަކަށް މި ދެވެނީ ކޮން ކަހަލަ މެސެޖެއްތޯ، ކާކުތޯ މިތަނުގައި އިންވެސްޓްކުރަން އަންނާނީ، ކޮން ޔަޤީންކަމެއްތޯ އޮތީ ތިމަންނަ ފަށާފައިވާ ރިސޯޓު އެހެން ބަޔަކަށް ނުދޭނެކަން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ، މަގޫދޫ އެއާޕޯޓު ތަރައްޤީ ކުރުމަށް ނިންމާފައިވަނީ ޖެޓް ޖައްސާގޮތަށް، ވީއައިޕީ ޓާރމިނަލްއަކާއި، އެއާޕޯޓް ހޮޓެލް އަދި ސަރަޙައްދަށްވެސް އިޤްތިސާދީ ތަރައްޤީ ގެނެވޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ރިސޯޓުތައް ޤާއިމު ކުރުމަށް ސަރަޙައްދު ތައްވެސް ހިއްކުން ހިމެނޭކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެހެންނަމަވެސް މިއަދު އެ އުއްމީދުގައި އިންވެސްޓްކޮށްގެން ތިބި މީހުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައިކަން ފާހަަގަ ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، އެކަމުގެ ސަބަބުން ފަހުން ދައުލަތުން ބޮޑެތި ބަދަލުތައް ދޭން ޖެހިދާނެ ކަމަށެވެ.

ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި