ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 23:06
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
އެމްޑީޕީ
އެންޓިޑިފެކްޝަން ބިލު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
 
މިފަދަ ގާނޫނެއް އޮންނަން ޖެހެނީ މެންބަރުން އިންތިހާބުވާ ޕާޓީ ދޫކޮށް ދިއުން ހުއްޓުވާ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ގެނައުމަށް
 
ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވިޔަސް، އަނެއްކާވެސް އެ ބިލު ފާސްކޮށް ގާނޫނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ

އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު, ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުރައްވާ ހުންނެވީ، އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކުރެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓު އަލީ ނިޔާޒުގެ ކެމްޕޭން ޖަލްސާއަށް އެރަށަށް ވަޑައިގެން ރައީސް ޞާލިހު ވިދާޅުވީ ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު ޕާޓީ ދޫކޮށްލާ މައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނެއް ހަދާފައިވާ ކަމަށެވެ. އެކަން ކުރީ ރައްޔިތުންގެ ވެސް ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ މަޖިލީހުގެ ތެރެއިން އެންޓިޑިފެކްޝަން ގާނޫނު ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ ގާނޫނު ތަސްދީގު ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށް މަޖިލީހުގެ ތެރެއިން އެންޓިޑިފެކްޝަން ގާނޫނު، އެއީ އިންތިހާބުވުމަށްފަހުގައި އެމީހަކު އިންތިހާބުވާ ދާއިރާއިން، އެ އިންތިހާބުވި ޕާޓީއެއް ދޫކޮށްފައި ދާކަމުގައިވާނަމަ އެ ގޮނޑި ދޫކޮށްލަންޖެހޭނެކަމަށް ގާނޫނުގައި ވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަށް ގާނޫނީ ހައްލެއް މި ގެނެވެނީ. އެހެންނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމަކީ، މާދަމާ ނޫން އަނެއް ދުވަހު ތަސްދީގުކުރަންޖެހޭ މުއްދަތު ހަމަވާނެ. ރައީސްގެ މޭޒުކޮޅުމަތީގައި ބިލު އޮތީ. އަޅުގަނޑަކަށް ނުފެނޭ ތަސްދީގުކުރާތަނެއް. އަޅުގަނޑުމެންނަށް ތުންތުންމަތިން އަޑުއިވެނީ، އެބޭފުޅުންގެ އެއްސިޔާސަތަކީ އިންތިހާބުވީމަ އެހެން ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ގަންނަން އުޅޭ ވާހަކަ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އެންޓިޑިފެކްޝަން ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވިޔަސް، އަނެއްކާވެސް އެ ބިލު ފާސްކޮށް ގާނޫނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ކަންބޮޑުވުމަށް ހައްލެއް ހޯއްދަވާނެކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި، އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ވެރިކަމެއް އަދި މަޖިލީހެއް އޮތުމަށް ކަމަށެވެ.

ކޮމެންޓް
ގުޅުންހުރި
ހާމައަށް ފެންނަން އޮތް ހަޤީގަތްވެސް އޮޅުވާލައްވަނީތޯއެވެ؟
އެމްޑީޕީ ޕީޖީ ލީޑަރަކަށް ނާޒިލް
މުސްލިމުން ނެތިކޮށްލަން ބޮސްނިއާގައި ހިންގި ގަތުލުއާއްމު ރައީސް މުއިއްޒަށް އޯކޭވިޔަސް އެކަން ދިވެހި މުސްލިމް ރައްޔިތުންނަށް އޯކޭ އެއް ނުވާނެއެވެ!
ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން
ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ ކުރިން ވާހަކަފުޅު ދެއްކެވި ރައީސް ޑރ. މުއިއްޒު، ކްލައިމެޓް ޗޭންޖްގެ ރޮގުން ރާއްޖެއަށް 500 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
ސްކޫލްތައް ހުޅުވުނު އިރު އެޑިއުކޭޝަން މިނިސްޓްރީއަކަށް ތައްޔާރެއް ނުވެވޭ، ދަރިވަރުންނަށް ފޮތްތައް އަދިވެސް ނުލިބޭ - އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ހޯދަން ދިރާސާއެއް ކުރާކަށް ނުޖެހޭ، ސަބަބުތައް ހުރީ ފެންނަން: މޫސަ