ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 19:23
'ލަސްވިޔަސް' ފިލްމުގެ ދަރިފުޅުގެ ބައި ކުޅޭ ޒޯޔާ
'ލަސްވިޔަސް' ފިލްމުގެ ދަރިފުޅުގެ ބައި ކުޅޭ ޒޯޔާ
ލަސްވިޔަސް
'ލަސްވިޔަސް'
'ލަސްވިޔަސް' ޓެޑްރީ އެނބުރި އައިސް ބެލުންތެރިން އަނެއްކާވެސް ރޮއްވާލައިފި
 
ފިލްމުން ފެނިގެންދަނީ އާއިލާ ރޫޅުމުގެ ސަބަބުން ދިމާވާ ކަންކަން
 
ފިލްމުގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު

"ބައްޕައާއި ކޮއްކޮއާއި މަޖާކުރާތަން ފެންނަ އިރު ރަށަށް ދާހިތްވޭ" ޓެޑްރީގެ 'ލަސްވިޔަސް' ފިލްމުގެ މި ޑައިލޮގް އެކަނި އަޑު އިވިލިޔަސް ލޯ ފެންކަޅިވެ ބޭއިހްތިޔާރުގައި ރޮވޭނެއެވެ. އަމިއްލަ ދަރިއެއް ނޫން ނަމަވެސް އެ ވަގުތާއި، އެ މަންޒަރާއި އަޑާއި ދެންވެސް ހުރި ކަންކަން ފައްކާކުރުމަށް ޓެޑްރީ ކުރި މަސައްކަތަކީ ކަވި މަސައްކަތެކޭ ބުނެވިދާނެއެވެ. އެހާމެވެސް ފުރިހަމައެވެ.

2012 ވަނަ އަހަރު ފަށަން އުޅުނު މި މަސައްކަތް އެކި ސަބަބުތަކާއި ހެދި ލަސްވަމުން އައި ނަމަވެސް 'ލަސްވިޔަސް' ހަމަ ހިތްގައިމެވެ. 2012 ގައި މަސައްކަތް ފެށި ހުއްޓުނު ނަމަވެސް އަނެއްކާވެސް 2020 ގައި ފަށަން އުޅެ ކޮވިޑާއެކު މަސައްކަތެއް ނުކުރެވުނެވެ. 2022 ގައި އަނެއްކާވެސް އައު ހިތްވަރަކާއެކު ފެށި މި މަސައްކަތް މިއަދު ސިނަމާގައި އަޅުވާފައިވަނީ ލަސްވިޔަސް ބެލުންތެރިންނަށް ހަމައަށް ޓެޑްރީ ދޫކޮށްލާ ހިތްގައިމު މާސްޓަރޕީސްއަކާއެކުއެވެ.

މި ފިލްމުގެ ވާހަކައަށް ބަލާލާއިރު ފިލްމުން ފެނިގެންދަނީ ދެހާހުގެ އުފާވެރި ހަނދާންތަކެވެ. ހިތާނީ ހަފްލާތަކުގައި ޖެހި ސަކަރާތާއި މަޖަލެވެ. އެ ސަކަރާތުގެ ތެރެއިން އުފެދުނު ރައްޓެހިކަމާއި، ގުޅުންތަކުގެ ހިސާބުން ޒަވާޖީ ހަޔާތެއްގެ ފެށުމެވެ. މި ފިލްމުގެ ލީޑުއެކްޓަރުންގެ ތެރޭގައި ހިމެނެނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ޔުސްރާ (ވާޝިޔާ މުހައްމަދާއި) އަދި އޭނާގެ ހަޔާތަށް އަންނަ އިގުބާލު (އަހުމަދު އީސާ) އެވެ. އަދި އެދެމީހުންގެ ދަރިފުޅުގެ ގޮތުގައި ލީޑު ބައިގައި ފެނިގެންދަނީ ހަމްރާ (ޒޯޔާ) އެވެ. އަދި ފިލްމުގެ ސަޕޯޓިން ކާސްޓުގައި ގިނަ އެކްޓަރުންތަކެއް ހިމެނެއެވެ.

ފިލްމުގައި ފެނިގެންދަނީ ހަމްރާގެ ޅަފަތުގައި ބައްޕަގެ ލޯބިން މަހުރޫމްވެގެންދާ ތަނެވެ. ޔުސްރާއާއި ހަމްރާގެ ހަޔާތާ ދުރަށް އިގުބާލުދާތަނެވެ. ނަމަވެސް ލަސްވިޔަސް އެ ދެމީހުން އެއްތަން ކުރުވައެވެ. ނަމަވެސް ހާލަތު ތަފާތެވެ. އަދި ދަރިފުޅަށްޓަކައި އިގުބާލާއި ޔުސްރާ މާޒީގެ ހިތި ހަނދާންތަކާ ދުރުވާން މަޖުބޫރު ކުރުވައެވެ.

ޓެޑްރީ ބުނީ މިއީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، ވަރަށް ގިނަ އާޓިސްޓުން ހިމަނައިގެން ކުރި މަސައްކަތެއް ކަމަށެވެ. މިއީ އޭނާ އެކަނި ކުރި މަސައްކަތެއް ނޫން ކަމަށާއި، މިކަމުގައި ކެމެރާ ކުރިމަތީގައާއި ކެމެރާ ފަހަތުގައި ވަރަށް ގިނަ ޗެލެންޖެސްތަކާއި އެކު ވަރަށް ގިނަ ބަޔަކު މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މީގެ 34 އަހަރު ކުރިން ނެރުނު "ދެރިޔާ" އަށް ފަހު ޓެޑްރީ ގެނެސްދިން "ލަސްވިޔަސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ވަރީގެ މައްސަލައަށެވެ. ވަރީގެ ސަބަބުން ކުދިންނާއި އާއިލާ އަށް ތަހައްމަލުކުރަން ޖެހޭ ވޭން މި ފިލްމުގައި ފުން މާނައެއްގައި ދައްކައެވެ. މި ފިލްމުގައި ޒޯޔާ ކުޅުނީ ސްޓޭޖް ހަތަރެއްގައި ހުރި ކެންސަރު ޕޭޝަންޓެއްގެ ރޯލެވެ.

ކުރީގެ ފިލްމީ ތަރިންގެ ތެރެއިން މަރުހޫމާ ފައުޒިއްޔާ އާއީ ރީކޯ މޫސާ މަނިކު ވެސް ހާއްސަ ފެނިލުމަކުން ފެންނަ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް މިހާރުވެސް ދަނީ ވިކެމުންނެވެ އަދި އަންނަ ޖޫންގެ ނިޔަލަށް ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
33%
33%
0%
0%
0%
33%
ކޮމެންޓް