ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 20:17
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް
އިންސްޓަގްރާމް
ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވުން
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ
 
2014 ވަނަ އަހަރު ބޭއްވި އެމްނެޓް އޭޝިއަން މިއުޒިކް އެވޯޑާއި މެލޮން މިއުޒިކް އެވޯޑްސްގައި ވެސް އެންމެ މޮޅު ނިއު އާޓިސްޓުގެ އެވޯޑް އޭނާއަށް ވަނީ ލިބިފައި

ސައުތު ކޮރެއާގެ ޓީވީ ސިލްސިލާ "ރިޕްލައި 1988" ގެ ސައުންޑްޓްރެކްގައި ވަރަށްބޮޑަށް ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެއެވެ.

ކޮރެއާގެ ނޫހެއް ކަމުގައިވާ ޗޮސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކްގެ މެނޭޖްމަންޓް އެޖެންސީ ޒަނާޑޫ އެންޓަޓެއިންމަންޓްގެ މަންދޫބަކު ވަނީ ބުރާސްފަތި ދުވަހު، ލަވަކިޔުންތެރިޔާ ކުއްލިމަރެއްގައި މިދުނިޔެއާ އަލްވަދާއު ކިޔާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ޖަނާޒާގެ އިންތިޒާމްތަކާ ބެހޭ ގޮތުން އެ ކުންފުންޏާއި އޭނާގެ އާއިލާއާ ދެމެދު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

މީގެ އިތުރުން ޒަނާޑޫ އެންޓަޓެއިންމަންޓުން ވަނީ ޕާކް މަރުވުމާ ގުޅޭ ގޮތުން ދެކެވޭ ތަފާތު ނުކިއްސަރު ވާހަކަތައް ފެތުރުމުން ދުރުހެލިވުމަށް ވެސް އެދިފައެވެ. އަދި އެކަމަނާ މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ޕާކް މަރުވުމުގެ ހިތާމައިގައި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ސަޕޯޓަރުން އަންނަނީ ފޯރަމްތަކާއި ފޭން ޕޭޖުތަކުގައި ހިތާމައާއި ހަމްދަރުދީ ފާޅުކުރަމުންނެވެ.

"ވަރަށްބޮޑު ހިތާމައެއް، އޭނާ އަކީ ޒުވާން އަދި އެންމެ 30 އަހަރުގެ ކުއްޖެއް،"
މީހަކު ލިޔެފައިވެއެވެ.

ލަވަކިޔުންތެރިޔާ މަރުވި ޚަބަރު ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި ވެސް ވަރަށް އަވަހަށް ޓްރެންޑިން މައުޟޫއަކަށް ވެގެން ދިޔައެވެ.

"މި ދުވަސްވަރު އޭނާގެ މިއުޒިކް ވަރަށް ގިނައިން އަޑުއަހަން،"
އޮންލައިން ކޮމިއުނިޓީ ގައި މަސައްކަތް ކުރާ އެހެން މީހަކު ބުންޏެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ޕާކް ވަނީ ދެކުނު ކޮރެއާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެމްނެޓްގެ ޓެލެންޓް ޝޯއެއްގައި ބައިވެރިވެ ހުށަހެޅި ލަވަޔަކަށް އޭނާގެ ލަވަކިޔުމުގެ ހުނަރަށް ތައް ފާހަގަވެގެންނެވެ.

2014 ވަނަ އަހަރު ބޭއްވި އެމްނެޓް އޭޝިއަން މިއުޒިކް އެވޯޑާއި މެލޮން މިއުޒިކް އެވޯޑްސްގައި ވެސް އެންމެ މޮޅު ނިއު އާޓިސްޓުގެ އެވޯޑް އޭނާއަށް ވަނީ ލިބިފައެވެ.

މި އަހަރުގެ ކުރީކޮޅު ޕާކް ވަނީ އާ އަލްބަމެއް ނެރުމުގެ ވިސްނުން ހުރިކަން ހާމަކޮށްފައެވެ.

ދުނިޔޭގައި އޭނާގެ ކޮއްކޮއެއް ހުރިއިރު އޭނާގެ މައިންބަފައިން ވެސް ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް