ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 16:45
ސިޓީން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ގްވާޑިއޯލް އުފާ ފާޅު ކުރަނީ
ސިޓީން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ގްވާޑިއޯލް އުފާ ފާޅު ކުރަނީ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ގާޑިއޯލާގެ ތައުރީފު ގްވާޑިއޯލް އަށް!
 
ގާޑިއޯލާ ބުނީ، އެ މެޗުގައި ގްވާޑިއޯލް ކުޅުމަކީ ސިޓީ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށް

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އަށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފު ކޮށްފި އެވެ.

ގާޑިއޯލާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސިޓީން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-3 އިން އެއްވަރުވީއިރު، ގްވާޑިއޯލް ވަނީ މެޗުގައި ލަނޑެއް ވެސް ޖަހައިފަ އެވެ.

ގާޑިއޯލާ ބުނީ، އެ މެޗުގައި ގްވާޑިއޯލް ކުޅުމަކީ ސިޓީ އަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އެ ނޫން ނަމަ، ސިޓީ އަށް އެ މެޗުގައި އެތައް އުނދަގޫ ތަކާއި، ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނެ ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި، އެ މެޗުގައި ގްވާޑިއޯލް ވަނީ ވަރަށް ތަފާތު ހިތްވަރެއްކޮށް، ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. މެޗުގައި ލަނޑު ޖެހުމުގެ އިތުރުން، އޭނާގެ މުޅި ކުޅުން ވެސް ވަރަށް ފުރިހަމަ ކަމުގައި ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ، ގްވާޑިއޯލް އަކީ އަބަދު ވެސް އޭނާ ވަރަަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށާއި، ކަމޭ ހިތައިގެން ހަވާލު ކުރާ މަސައްކަތް ފުރިހަމަ އަށް އަދާ ކުރާ ކުޅުންތެރިޔެއް ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ސިޓީގެ ޓީމަށް، ޚާއްސަކޮށް ދަނޑު މަތީގައި ތިބޭ އެހެން ކުޅުންތެރިންނަށް ފަސޭހަ އާއި ހިތްވަރު ލިބޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
50%
0%
0%
0%
0%
ކޮމެންޓް