Advertisement
ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 15:16
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންްއެފް)ގެ އިސްވެރިން
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންްއެފް)ގެ އިސްވެރިން
ރާއްޖެއެމްވީ
ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅުން
އިއްޔެ މެންދުރުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން މެއްސެއްވެސް ޤަބޫލު ނުކުރާނެ: ޕީއެންއެފް
ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުންކަމަށް ރައީސް ވިދާޅުވި
ސްޓެލްކޯއަށް ގުޅައި ކަރަންޓު ނުދޭންވެސް އެންގީ ސީދާ ރައީސް އޮފީހުން ކަމަށް ބުނެފައިވޭ

ފުލުހުން އަންގާރަ ދުވަހުގެ މެންދުރުން ފެށިގެން އެރޭ 11 އަށް ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ރައީސް ޑރ މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން "މެއްސެއްވެސް ޤަބޫލު ނުކުރާނެ" ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންްއެފް) އިން ބުނެފިއެވެ.

ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ވަދެ ހިނގާދިޔަ ކަންކަމުގެ މައުލޫމާތު އެނގިވަޑައިގަތީ ނޫސްތަކުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒުވިދާޅުވެފައިވާތީއެކަމަށް އެ ޕާޓީން ވަނީ ރައްދު ދީފައެވެ.

ޕީއެންއެފްގެ ސެކެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލް ވިދާޅުވީ، ފުލުހުން އަންގާރަ ދުވަހުގެ މެންދުރުން ފެށިގެން އެރޭ 11 އަށް ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު ރައީސް ޑރ މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން "މެއްސެއްވެސް ޤަބޫލު ނުކުރާނެ" ކަމަށެވެ.

Advertisement

މަލީހު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރުވެސް ކަނޑައެޅިގެން ސުކޫލަށް ބިރު ދައްކަވަމުން ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ސްޓެލްކޯއަށް ގުޅައި ކަރަންޓު ނުދޭންވެސް އެންގީ ސީދާ ރައީސް އޮފީހުން ކަމަށާއި، ޖަލްސާ ހުއްޓުވަން ކުރި މަސައްކަތް  ފެއިލްކޮށްލުމުން ސަރުކާރުން ދަންވަރު ނުކުމެ އެތަކެއް ދޮގުތަކެއް ހަދާފައިވާކަން މަލީހު ފާހަގަ ކުރެއްވިއެވެ. މަލީހު އެ އިޝާރަތް ކުރައްވާފައިވަނީ ދަންވަރު ރައީސް އޮފީހުން އެ މައްސަލައިގައި ނެރުނުބަޔާނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް