ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 09:25
މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމުން ތަށި އުފުލާލަނީ
މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމުން ތަށި އުފުލާލަނީ
މިލަންދޫ ފުޓްސަލް ކަޕް
ފުޓްސަލްގެ ގިނަ ތަރިންނާއެކު، މިލަންދޫ ފުޓްސަލް ކަޕް މިރޭ ފަށަނީ
މިއަހަރުގެ މުބާރާތުގައި އަށް ޓީމު ވާދަކުރޭ

ފުޓްސަލްގެ ގިނަ ތަރިންނާއެކު މިލަންދޫ ފުޓްސަލް ކަޕް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ށ.މިލަންދޫ ކައުންސިލުން އިންތިޒާމް ކުރާ މިއަހަރުގެ މުބާރާތުގައި 8 ޓީމް ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ 8 ޓީމް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެތެރޭގައި އަޔާޒު އަހުމަދު (އަޔާ), އަހުމަދު ބައްސާމް (ބައްކު), އިބްރާހީމް ރިމާހު (ރިމޭ), މުހައްމަދު އައްޒާމް, ހުސެއިން ޝަރީފް (އޮންލީ), ހިމެނެއެވެ. އިރާންގެ އަލީ ހޮދައިދީވެސް މުބާރާތުގައި ކުޅެއެވެ. 

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވާނީ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ރާއްޖެއަށް ހޯދައިދިން ކެޕްޓަން އަސްއަދު އަބްދުލްޣަނީ އެވެ. މިމުބާރާތަކީ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާ ކަނޑައެޅިފައިވާ މުބާރާތެކެވެ.

- ކޮމެންޓް