ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 13:15
ޢީދު ބޮކިތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ
ޢީދު ބޮކިތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ
އީދު ފާހަގަކުރުން
ޢީދު ދުވަސް އަންނަ އިރު ވިސްނަންވީ ޚިޔާލު ތަފާތުވިޔަސް ދިވެހިންނަށްވީތީ އޮތް އެއްބައިވަންތަކަން ދޫކޮށްނުލަން - ރައީސް
 
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމަށް ވާއިރު، މި ޤައުމުގައި އަޅުގަނޑުމެން ޢީދުދުވަހަށް ކުރިއްސުރެ އިންތިޒާރުކުރަން ޖެހޭ ކަަމަށް ވިދާޅުވި

ޢީދު ދުވަސް އަންނަ އިރު ވިސްނަންވީ ޚިޔާލު ތަފާތުވިޔަސް ދިވެހިންނަށްވީތީ އޮތް އެއްބައިވަންތަކަން ދޫކޮށްނުލަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ސިޓީތަކާއި، ވެރިކަންކުރާ ރަށްތަކުގައި ޢީދު ބޮކިތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިންގެ މި ޤައުމަކީ، ސައްތައިންސައްތަ އިސްލާމީ ޤައުމެކަމަށް ވުމުން، މި ޤައުމުގައި ޢީދުދުވަހަށް ކުރިއްސުރެ އިންތިޒާރުކޮށް، ޢީދުދުވަހަށްޓަކައި ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި ދީނީ ހަމަތަކުގެ މަތިން، ޢީދުގެ އުފަލުގައި ފުރިހަމައަށް ބައިވެރިވެ، ޢީދުގެ އުފާފާޅުކުރަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަހަރު މާލެސިޓީ އާއި ހުރިހާ ސިޓީތަކެއްގައްޔާއި، ވެރިކަންކުރާ ހުރިހާ ރަށެއްގައި ޢީދުގެ ދިއްލުން މިވަނީ ދިއްލިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރު އަދި މިއަށްވުރެ ގިނަ ރަށްތަކުގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޢީދުގައި ރަށްތައް ދިއްލާ މިންވަރު އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ކުޑަކުދިންނާއި ޢާއިލާތަކުން ޢީދުގެ އުފަލުގައި ބައިވެރިވެ، ޢީދު، އޭގެ ފުރިހަމަގޮތުގައި ފާހަގަކުރުމަށް އެދިވަޑައިގަންނަވާފައެވެ. ހަމައެހެންމެ އެކުގައި، އެއް ރޫޙެއްގައި، އެއްބައެއްގެ ގޮތުގައި މި ޢީދު ފާހަގަކުރުމަށް ވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެހެންވީމާ، މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ގޮސްގެން ނުވާނެ. ކޮންމެފަދަ ކަމެއް ކުރިމަތިވިޔަސް، ކޮންމެކަހަލަ ޚިޔާލުތަފާތުވުމެއް، އެއްވެސް ވަގުތަކު ދިމާވިޔަސް، މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިންކަން. ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ޖެހޭނެކަން. ދިވެއްސަކަށްވީތީ އަޅުގަނޑުމެންނަކީ ދިވެހި ޤައުމުދެކެ ލޯބިވާ، އިސްލާމްދީނަށް ނަޞްރުދޭ ބަޔަކަށްވާންވާނެކަން. އެ ޢަޒުމް، އެ ކަންތަކުގައި ތަފާތުވެގެން ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މައިންބަފައިން، ހުރިހާ ކުޑަކުދިންނަށްވެސް ދަސްކޮށްދޭންވީ މި ކަންތައް. އަޅުގަނޑުމެންނަކީ އެންޑް އޮފް ދަ ޑޭ އެއްބައެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް ވަނީ އެއްބައިވަންތަކަމުގެ ޢަޒުމް އާއްކޮށް އެއްބައިވަންތަކަމާ އެކީގައި ޤައުމު އާރާސްތު ކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެ މަނިކުފާނު އެދިވަޑައިގެންނެވީ ކޮންމެ ކުޑަ ކުއްޖަކަށް އުފާވެރިކަން ގެނެސްދީ، އެންމެން އެކުގައި މިކަންކަމައިގެން ކުރިއަށްގޮސް، އުންމީދުތައް ހާސިލްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް