ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 11:55
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރާއްޖެއެމްވީ
އީ-ޕެޓިޝަންގެ ނިޒާމު
އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
 
މިފަދަ ނިޒާމެއް ރާއްޖެއަށް ތައާރަފް ކުރުމަކީ ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރެވޭނެ ކަމެއް
 
އާއްމު ރައްޔިތުންނަށް ބޭއްވޭ ބައްދަލުވުމުން 25 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި އޮންނާނެ
 
29 އޭޕްރީލް 2024ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހިޔާލު ހުށަހަޅަންޖެހޭ

ރައްޔިތުން މަޖިލީހުގެ އިދާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން)ގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ ޔޫއެންޑީޕީ ގުޅިގެން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އީ-ޕެޓިޝަންގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް އާއްމުންގެ ހިޔާލު ހޯދުމަށް އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލީހުން ބުނީ، މި ކަރުދާހަށް އެއްވެސް ފަރާތެއް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 29 އޭޕްރީލް 2024ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ އީމެއިލް އެޑްރެސްއަށް [email protected] ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މި ލިންކް http://forms.office.com/e/1EUi4ibQve ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިސިޔާސަތު ކަރުދާހުގައި ހިމެނޭ މުހިންމު މަފްހޫމްތަކާއި މި ނިޒާމު ތަރުތީބު ކުރެވިފައިވާ ގޮތް ތަފްސީލު ކޮށްދިނުމަށް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކާއި، ސިޔާސީ ޕާޓީތައް، ޔުނިވަރސިޓީތައް އަދި ޖަމްއިއްޔާ ޖަމާއަތްތަކަށް ބޭއްވޭ މައުލޫމާތު ބައްދަލުވުން 24 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. އަދި އާއްމު ރައްޔިތުންނަށް ބޭއްވޭ ބައްދަލުވުމުން 25 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި އޮންނާނެ ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުގައި އިލެކްޓްރޯނިކް ޕެޓިޝަން ނިޒާމެއް ހާއިމްކުރުމާއި ބެހޭ ހުލާސާ ސިޔާސަތުގައި ބުނެފައިވަނީ އިލެކްޓްރޯނިކް ޕެޓިޝަން ހުށަހެޅުމުގެ ނިޒާމެއް ރާއްޖެއަށް ތައާރަފް ކުރުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ވެރިކަން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މާހަރާކަން (ހާމަކަންބޮޑުކަން) އަދި ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން ރައްޔިތުން މަޖިލީހުން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

މިސިޔާސަތު ކަރުދާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ޕެޓިޝަން ހުށަހެޅުމުގެ އިލެކްޓްރޯނިކް ނިޒާމެއް ތަންފީޒުކުރުމަށްޓަކައި އެންމެހައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ސިޔާސަތު އޮނިގަނޑެއް އެކުލަވާލުމެވެ.

އެގޮތުން އީ-ޕެޓިޝަން ނިޒާމެއް ތަންފީޒު ކުރުމަށް ބާރުއަޅާ މައިގަނޑު މަގުސަދުތަކަކީ ޚިދުމަތަށް ވާސިލުވެވޭކަން ކަށަވަރުކުރުމާއި، މާހަރާކަން އިތުރުކުރުމާއި، މަސައްކަތުގެ ހަލުވިކަން އިތުރުވެގެން ދިއުމާއި، ބައިވެރިވުން އިތުރުކުރުމާއި، މަޖިލީހާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމާއި އަދި އޮތެންޓިކޭޝަން އެންޑް ވެރިފިކޭޝަން މެކޭނިޒަމް އަދި ނިޒާމާގުޅޭ ރަނގަޅު ހަމަތަކާއި ކާމިޔާބު ނިޒާމެއްގައި ހުންނަންޖެހޭ ސިފަތައް ހަރުދަނާ ކުރުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް