ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 20:11
ޖޯންއަކީ މިއަދު ދުނިޔޭގައި ދިރިހުރި އެންމެ ދޮށީ ފިރިހެނާ
ދުނިޔޭގައި ހުރި އެންމެ ދޮށީ ފިރިހެނާ
އުމުރުން 111 އަހަރާއި 222 ދުވަސް: ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް!
 
އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ރިޓަޔަރވެގެން ހުންނަތާވެސް މިހާރު ބައިޤަރުނަށްވުރެ ގިނަ ދުވަސްވެއްޖެ
 
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރޖޯން ބުނި ގޮތުގައި އޭނާ އެންމެ ގަޔާވާ ކެއުމަކީ ފިޝް އެންޑް ޗިޕްސް

މަރަކީ ކޮންމެ މީހަކާވެސް އެންމެ ގާތުގައިވާ އެއްޗެވެ. ކޮންމެ މީހަކީވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. މަރު ބައްދަލު ކުރާކަށް ވަކި އުމުރެއް ނޯވެއެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތު އޮތް ގޮތާއި، އަހަރެއްގެ ތެރޭގައި އެތަނަކަށް އުފަންވާ މީހުންނާއި މަރުވާ މީހުންގެ އަދަދުތަކަށް ރިޢާޔަތްކޮށް، އިންސާނަކު ދިރިއުޅޭނެ ކަމަށް ލަފާކުރާ އެންމެ ދިގު އެވްރެޖު އުމުރެއް ނުވަތަ އެކްސްޕެކްޓަންސީއޭ ކިޔާ މިންގަނޑެއް އޮވެއެވެ.

އަދުގެ ދުނިޔޭގައި ފިރިހެނެއްގެ ލައިފް އެކްސްޕެކްޓަންސީއަކީ 68.9 އަހަރެވެ. އަންހެނެއްގެ ލައިފް އެކްސްޕެކްޓަންސީއަކީ 73.9 އަހަރެވެ. އޭގެފަހުން އެތައް އަހަރެއް ވަންދެން ދުނިޔޭގައި ތިބޭ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އެފަދަ މީހުންނަށް ލިބޭ ސަމާލުކަން އިތުރުވެގެންދާ ފަހަރުވެސް އާދެއެވެ. ވަކިން ޚާއްޞަކޮށް، އެމީހަކީ 100 އަހަރުން މައްޗަށް ގޮސްފައިވާ މީހަކު ނަމައެވެ. މިއީވެސް އެކަހަލަ މީހެއްގެ ވާހަކައެވެ.

މިއީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ޓިނީސްވުޑްގެ ވާހަކައެވެ. ޖޯންގެ އުމުރުން މިހާރު 111 އަހަރު ފުރިއްޖެއެވެ. ޖޯންގެ ވާހަކަ ޚާއްޞަވަނީ، އެއީ ރެކޯޑަކަށް ވާތީއެވެ. ޖޯންއަކީ މިއަދު ދުނިޔޭގައި ދިރިހުރި އެންމެ ދޮށީ ފިރިހެނާއެވެ. ޖޯން ބުނާގޮތުގައި، އޭނާގެ ދިގު އުމުރުގެ ސިއްރަކީ "ހަމަ ނަސީބެވެ." އިތުރު އެހެން އެއްވެސް ސިއްރެއް ނެތެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކެއިންބުއިމުގެ އާދަކާދައަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ނަމަވެސް ޖޯން ބުނިގޮތުގައި އޭނާ އެންމެ ގަޔާވާ ކެއުމަކީ ފިޝް އެންޑް ޗިޕްސްއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ކެއުމަކަށް ވެފައި އޮންނަނީ ވެސް ފިޝް އެންޑް ޗިޕްސްއެވެ.

އުމުރު ދިގުވުމާ އުމުރު ކުރުވުން މި އޮންނަނީ، އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެކަމުގައެއް. މާ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރާނެ ގޮތުގެ ކޮންމެވެސް ކޮންޓްރޯލެއް އޮވޭ ކަންނޭނގެ. މާ ގަދައަށް ނުކެއުމާއި، ޤަވައިދުން ކަސްރަތު ކުރުމާ، ސިކުނޑިއާއި ހަށިގަނޑުވެސް ޒުވާންކޮށް ބަހައްޓަން ވާނެ. އެހެން ނޫނީ، މިލާ މޯޅިވާނެ. އެކަހަލަ ގޮތަކަށް އޮތް ކަމެއް މީ. މި އުމުރުގަވެސް، ހަމަ އިތަށް އަރާ އިރަށް، ތެދުވެ ހިނގައިގަނެވޭނެ އަހަންނަށް. އާންމުން ތެރޭގަ ވާހަކަވެސް ދައްކާލެވޭނެ ހަމަ.
ޖޯން ޓިނީސްވުޑް؛ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ ފިރިހެނާ

އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއިން މުސްކުޅިވެގެން ނުވަތަ ރިޓަޔަރވެގެން ހުންނަތާވެސް މިހާރު ބައި ޤަރުނަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ޖޯން ރިޓަޔަރ ކުރި އިރު ހުރީ އެކައުންޓަންޓެއްގެ ވަޒީފާގައެވެ. އޭނާ ވަނީ ޕޯސްޓަލް ސަރވިސް ވަރކއެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ މީހާގެ ގިނިސް ވަރލްޑް ރެކޯޑް ޓައިޓަލް ޖޯންއަށް ރަސްމީކޮށް ލިބުނީ އޭޕްރިލް 4 ވަނަ ދުވަހުއެވެ. އެއީ ވެނެޒުއޭލާގެ ރައްޔިތެއް ކަމުގައި ވި ހުއާން ވިންސެންތޭ ޕެރޭޒް މޯރާ، އޭނާގެ އުމުރުން 114 އަހަރުގައި މަރުވިކަން ރަސްމީކޮށް އިޢުލާން ކުރުމާ އެކުގައެވެ.

އުތުރު އިންގްލަންޑްގެ މަރޒީސައިޑަށް، 1912 ވަނަ އަހަރު އުފަންވި ޖޯންއަށް، ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ ފިރިހެނާގެ ގިނިސް ވަރލްޑް ރެކޯޑް ޓައިޓަލް ނުވަތަ ލަގަބު ދީފައި ވަނީ، 111 އަހަރާއި 222 ދުވަހުގެ ރެކޯޑަކާ އެކީގައެވެ.

އުމުރު ދިގުވުމާއި އުމުރު ކުރުވުން މި އޮންނަނީ، އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެކަމުގައެއް. މާ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަން ކުރާނެ ގޮތުގެ ކޮންމެވެސް ކޮންޓްރޯލެއް އޮވޭ ކަންނޭނގެ. މާ ގަދައަށް ނުކެއުމާ، ގަވައިދުން ކަސްރަތު ކުރުމާ، ސިކުނޑިއާއި ހަށިގަނޑުވެސް ޒުވާންކޮށް ބަހައްޓަން ވާނެ. އެހެން ނޫނީ، މިލާ މޯޅިވާނެ. އެކަހަލަ ގޮތަކަށް އޮތް ކަމެއް މީ. މި އުމުރުގަވެސް، ހަމަ ހިތަށް އަރާ އިރަށް ތެދުވެ ހިނގައިގަނެވޭނެ އަހަންނަށް. އާންމުން ތެރޭގަ ވާހަކަވެސް ދައްކާލެވޭނެ ހަމަ.
ޖޯން ޓިނީސްވުޑް؛ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދޮށީ ފިރިހެނާ

ޖޯންއާ ބެހޭގޮތުން ގިނީސް ވޯރލްޑް ރެކޯޑްސްއިން ބުނީ، އެންމެ ދޮށީ އުމުރުގެ ފިރިހެނާގެ ރެކޯޑް ހޯދުމަށް ޖޯން ހުށަހެޅި ހުށަހެޅުން، ގްރެންޓޮލޮޖީ ރިސަރޗް ގްރޫޕުން ދިރާސާކޮށްފައި ވާނެކަމަށެވެ. އެ ގުރޫޕަކީ ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ތިބި 100 އަހަރުން މަތީގެ މީހުންގެ ކަށަވަރު ރެކޯޑްތައް ބަލަހައްޓާ ގުރޫޕެކެވެ.

މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ދޮށީ އުމުރުގެ މީހުންނަށް ބަލާއިރު، އެންމެ ދިގު އުމުރެއްގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ 116 އަހަރާއި 54 ދުވަހު ދުނިޔޭގައި ހުރި މީހެކެވެ. އެއީ ޖަޕާނަށް އުފަން، ޖިރޯމޮން ކިމޫރާއެވެ. ދުނިޔޭގައި މިވަގުތު އިން އެންމެ ދޮށީ އަންހެނާ، އަދި ދެ ޖިންސު އެއްކޮށް، މިވަގުތު ދުނިޔޭގައި ހުރި އެންމެ ދޮށީ މީހަކީ، ސްޕެއިންގެ ރައްޔިތެއް ކަމަށްވާ މާރިޔާ ބްރަންޔާޒް މޮރޭރާއެވެ. އޭނާގެ އުމުރަކީ 117 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް