ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 16:02
ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ
ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ
ރައީސް އޮފީސް
ކުޑަކުދިން ކުށްކުރުން
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
 
އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ
 
ކުށްކުރާކަމަށް ތުހުމަތުކުރެވޭނަމަ، އެކުދިންނަށް ޕްރޮގްރާމް ހިންގުމަކީ ޑީޖޭޖޭގެ ކަމެއް

ޢުމުރުން 15 އަހަރުނުވާ ކުއްޖަކާމެދު ގާނޫނީ ނިޒާމުގެ ތެރެއިން "ފިޔަވަޅެއް އެޅެން ނެތްކަމަށް" ބައެއް މީހުން ދެކޭއިރު، އެކުދިން ރިހެބިލިޓޭޓްކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގާނޫނުން ފުރުސަތު ދީފައިވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބްލޮގްގައި ލިޔުއްވި ޕޯސްޓެއްގައި ޝަމީމް ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރުކަމަށް ކަނޑައަޅާފައިވާ ކަމަށާއި، މިއީ ބައެއް މީހުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ގާނޫނު އޮތް ގޮތުން، 15 އަހަރުން ދަށުގެ ކުދިންނާމެދު އެޅޭނެ ގާނޫނީ އެއްވެސް ފިޔަވަޅެއް ނެތްކަމަށާއި، ކުރެވެން އޮތް ކަމަކީ ނަސޭހަތް ދިނުން އެކަނި ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ކުޑަކުދިންގެ ތެރޭގައި ހިމެނޭ، ކުށުގެ މާހައުލުގައި ނުވަތަ ކުށަށް އަރައިގަތުމުގެ ނުރައްކާ އޮތް ކުދިންނާބެހޭ ކަންކަމުގައި ދައުލަތުގެ ކަމާބެހޭ އިސް އިދާރާއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން އުފައްދާފައިވާ ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ކަމަށެވެ.

އަދި އެ ޑިޕާޓްމަންޓުގެ މަސައްކަތަކީ، ކުށަށް ހުށަހެޅުމުގެ ނުރައްކަލުގައިވާ ކުދިން ކުށުން ދުރުހެލިކޮށް، އަނބުރާ މުޖްތަމައަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށާއި، މިކުދިންގެ ތެރޭގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ސަބަބުތައް ހުރި ކުދިންނާއި، އާއިލާތަކާއެކު، ރައްކާތެރި މާހައުލުގައި ތިބި ކުދިންވެސް ހިމެނޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުއްޖާ ކޮންމެ ތަނެއްގައި ހުއްޓަސް، އެކުއްޖާ ކުށްކުރާކަމަށް ތުހުމަތުކުރެވޭނަމަ އެކުދިންނަށް ޕްރޮގްރާމް ހިންގުމަކީ ޑީޖޭޖޭގެ ކަމެއް ކަމަށާއި، މިކަމުގައި ކުއްޖާއަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލުމަށް އުމުރު ހަމަވާ ކުއްޖެއްކަން ނުވަތަ ނޫންކަން ބަލަން ނުޖެހޭކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުގެ ރައްކާތެރިކޮށް ދުރުހެލި ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސަންވާނެކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 20 ވަނަ ބާބު (ކުޑަކުދިން ކުށްކުރުމާ ދުރުކުރުން) އެއްކޮށް ކިޔާލުމުން ސާފުވާ ކަމަށެވެ.

މިސާލަކަށް، އުމުރުން 11 އަހަރުގެ ކުއްޖަކު، ގޭތެރޭގައި ހިނގި ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ވަޅިއެއް ހިފައިގެން ނުކުމެ ދުވަން ފަށައިފިނަމަ، އެކުއްޖާ ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން ފުލުހުންނަކަށް ނުތިބެވޭނެއެވެ. ތިބެގެންވެސް ނުވާނެއެވެ. އެކުއްޖާ ހިފަހައްޓައި، އޭނާ އަތުން ވަޅި އަތުލައި، އެކުއްޖާ އަނބުރައި އާއިލާއާ ހަވާލުކުރަންޖެހޭނެއެވެ. ފުލުހުން، އެކަންތައް ޑީޖޭޖޭއަށް ރިޕޯޓު ކުރަންވާނެއެވެ. ޑީޖޭޖޭއިން އެކަމުގެ ތެރެއަށް ވަދެ، އެކުއްޖާ ވަޅި ހިފައިގެން ނުކުމެ ދުވަން ދިމާވި ސަބަބު ދެނެގަނެ، އެފަދަ ކަމެއް މީގެ ފަހުން މެދުވެރިނުވާނެ ގޮތަކަށް ފިޔަވަޅުތަކެއް އަޅަންވާނެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ކުއްޖާއަށް ހިންގާ ޕްރޮގްރާމްތަކާއި، ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ހިމެނިދާނެއެވެ. މިހުރިހާ ކަމަކަށް ގާނޫނު ޖާގަދެއެވެ. މިހާދިސާގެ ކަންކަން ބެލިއިރު، މިކަން ދިމާވީ، ކުއްޖާގެ ހުރި ވަގުތީ ނުވަތަ ދާއިމީ ނަފްސާނީ މައްސަލައަކާ ގުޅިގެންނަމަ، އެކުއްޖާ، މަރުކަޒެއްގައި ބަހައްޓައިގެންވެސް ފަރުވާ ދެވިދާނެއެވެ. އެކަމަށްވެސް ގާނޫނު ތަންދެއެވެ. އަދި، އެއީ ކުރަންޖެހޭވެސް ކަމެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ، އުމުރުން 15 އަހަރުނުވާ ކުއްޖަކާމެދު ގާނޫނީ ނިޒާމުގެ ތެރެއިން "ފިޔަވަޅެއް އެޅެން ނެތްކަމަށް" ބައެއް މީހުން ދެކޭއިރު، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން 10 ޖޫން 2021 ދުވަހު ނެރުއްވާފައިވާ "ގާނޫނާ ޚިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާމެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާގުޅޭ ގަވާއިދު"ގެ 1 ވަނަ މާއްދާގެ (ހ)ގައި އޮތީ، އެގަވާއިދަކީ 15 (ފަނަރަ) އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ގާނޫނާ ޚިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް
ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި