ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 12:56
ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު
ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބު
ރާއްޖެއެމްވީ
ސިއްޙަތުގެ ދުވަސް
ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މި އަހަރުގެ ޝިއާރު: "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"
 
ކޮންމެ ފަރުދަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ޚިދުމަތް ލިބެންޖެހޭ
 
މި ޝިއާރާއިމެދު، ފުންކޮށް އަދި ފުޅާކޮށް ވިސްނާލަން އެބަޖެހޭ

ދުނިޔޭގެ ސިއްޙަތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "އަހަރެންގެ ޞިއްޙަތު-އަހަރެންގެ ޙައްޤު"އެވެ.

މި ދުވަހުގެ މުނާސަބަތުގައި ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ޚަލީލް ދެއްވި ޚިތާބުގައި ވިދާޅުވީ، މި ޝިޢާރުގެ ދަށުން މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު މި ޝިއާރާއިމެދު، ފުންކޮށް އަދި ފުޅާކޮށް ވިސްނާލަން އެބަޖެހޭކަމަށެވެ. އެގޮތުން ޞިއްޙަތު އެއީ އަސާސީ ޙައްޤެއްކަމަށް ރިޢާޔަތްކޮށްގެން ކަންކަން އިންތިޒާމުކޮށް ތަރުތީބުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ދިވެހި ކޮންމެ ފަރުދަކަށް އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި ޞިއްޙީ ރައްކާތެރިކަން މާލީ އަދި ޖިސްމާނީ ގޮންޖެހުންތަކަކާ ނުލައި ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، "އަހަރެންގެ ޞިއްޙަތު- އަހަރެންގެ ޙައްޤު" ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރު ކުރެވޭނޭހެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މިހާރު ޤާއިމުކުރެވި، އިންޤިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިނިސްޓަރު ހަލީލާއި އަމީން ޕީއެންއެފްގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި - މަލީހު
މިނިސްޓަރު ޚަލީލްގެ ވީޑިއޯއެއް، ވިދާޅުވަނީ ރައީސް މުޢިއްޒު އަށް ދޯކާ ދީގެން ނުވާނެ ކަމަށް!
ޝަކުވާތަކާއި ގުޅިގެން މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ވަނީ ހުއްޓިފައި - މިނިސްޓަރު
ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މިހާރު އަޅަން ނިންމާފައިވަނީ މެންޓަލް ހޮސްޕިޓަލެއް: މިނިސްޓަރު
ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު
ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު