ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 19:50
ޔާމީން ހުޅުމާލޭގައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ޔާމީން ހުޅުމާލޭގައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ސަން
ޕީއެންއެފް އުފެއްދުމުގެ ޖަލްސާ
ޕީއެންއެފް އުފެއްދުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް ޔާމީން އެދިވަޑައިގެންފި
 
ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައިވޭ
 
ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައި

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަކަށް، ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ޕާޓީ އުފެއްދުމަށް ޕީއެންއެފުން ހުށަހެޅި 3000 ފޯމު ސައްހަ ކަމަށް ބަލައި، ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހު ޖަމާލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ މަތީގައި ހުންނެވި ކަމަށް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސް ޔާމީން، ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދި ގާނޫނީ ޓީމުގެ ފަރާތުން ސިޓީ ފޮނުވާފައިވާކަން ފާހަގަ ކުރައްވައި މަލީހު ވަނީ ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާވޭތޯ ރައްޔިތުން ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް