ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 15:39
ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒު މޯދީ އާ ބައްދަލުކުރެއްވުން
ޓްވިޓަރ
ކާޑުގެ ކޯޓާ އިތުރުކުރުން
އިންޑިއާއިން ކާޑުގެ ކޯޓާ ދިނުމުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ
 
މިއަހަރު ކޯޓާ އައު ކޮށްދިންއިރު 5 އިންސައްތަ އިތުރުކޮށްދީފައިވޭ
 
ރޯދަ މަސް ނިމޭއިރުވެސް ތުރުކީން ގެންނަ ކާޑުގެ ބާވަތްތައް ނާދޭ

އިންޑިއާއިން ކާޑު ނުގެންނަން ސަރުކާރުން ގަދަކަން ދައްކަނިކޮށް، ކާޑު ހުސްވާން ކައިރިވުމުން އިންޑިއާއިން ކޯޓާ އިތުރުކޮށްދިނުމުން ސަރުކާރުގެ ރާގު ބަދަލުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ބުލީކުރާކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާއިން ރާއްޖެއަށް އިމްޕޯޓްކުރާ ކާޑުގެ ބަދަލުގައި އެހެން ގޮތެއް ހޯދާ، ރޯދައިގެ ކުރިން ތުރުކީން ކާޑު ލިބޭނެކަމަށް ބުނެފައެވެ. ނަމަވެސް ރޯދަ މަސް ނިމޭއިރުވެސް ތުރުކީގެ ކާޑު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އަދި ސަރުކާރުން ރޯދައަށް ގޭބިސީތަކަށް ބެހީވެސް އިންޑިއާއިން ގެނެސްފައި ހުރި ކާޑެވެ. އިންޑިއާއިން ރާއްޖެއަށް ކޯޓާ އިތުރުކޮށްދިނުމާއި ގުޅިގެން ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމުން ދޭހަވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ވިޔަފާރީ އާއި އިގްތިސޯދީ ގުޅުންތައް ދެމެހެއްޓުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަަ ކޮމިޓްމަންޓް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރާއި މެދު މި ސަރުކާރުން އޮތް ބުލީކުރާކަމުގެ ވިސްނުން އެއްފަރާތްވެ ރައީސް މުއިއްޒުގެ ސަރުކާރަށް އިންޑިއާ ސަރުކާރު ރަނގަޅުވެއްޖެއެވެ.

މިނިސްޓަރު މޫސާ ޒަމީރުގެ ޕޯސްޓަށް ރިޕްލައިކުރައްވާ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާއިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ އާއި ސަރަަހައްދީ ސަލާމަތާއި، ކުރިއެރުމަށް ގެންގުޅޭ 'ސަގާ' ޕޮލިސީގައި އިންޑިއާއިން ވަރުގަދައަށް ސާބިތުވެ އޮތް ކަމަށެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހާއްސަ ހުއްދައެއްގެ ދަށުން ކުރިއަށް އޮތް އަހަރަށް ރާއްޖެ އަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ އިތުރުން އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާގެ އިތުރުން މިއަހަރު ކޯޓާ އައު ކޮށްދިންއިރު 5 އިންސައްތަ އިތުރުކޮށްދީފައިވާ ކަމަށެވެ.

މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށިފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށް ވެސް އިންޑިއާ އެމްބަސީން ބުނެއެވެ. 

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވަނީ އިތުުރުކޮށްދީފައެވެ. އެގޮތުން ހިލަ އާއި ހިލަވެލީގެ ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ. ހައިކޮމިޝަނުން ބުނީ މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ކުރިއެރުން ލިބޭނެކަމެއްކަމަށެވެ. މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތައް (ހަކުރު، ފުށް، ހަނޑޫ) މުގުގެ ކޯޓާ ވަނީ 5 އިންސައްތަ އިތުރުކޮށްދީފައެވެ.

އިންޑިއާގައި އުފައްދާ ހަނޑޫ، ހަކުރު އަދި އެ ގައުމުގައި ހައްދާ ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް އިރު ވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެތަކެތި އެކްސްޕޯޓް ކޮށްފައެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާންމުކޮށްފައިވާގޮތުން ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މިތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެ އެވެ.

އިންޑިއާ އިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ ގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑއިާ އިން އިއުލާނު ކޮށްފައި ވަނީ ރާއްޖެއިން އިންޑިއާ އަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވަނިކޮށެވެ.

އެގޮތުން ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާގެ ކުންފުންޏަކާ އެކު މަސައްކަތް ފަށާފައިވާއިރު ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ވަނީ ހަދާފައެވެ. އަދި އިންޑިޔާއިން ގެންނަ ބޭސް ގެނައުން ހުއްޓާލާ އެހެން ހިސާބުތަކުން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާސަންދަވެސް އިންޑިޔާ ނޫން އެހެން ގައުމުތަކުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
67%
0%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި