ކ. މާލެ
|
5 އޭޕްރިލް 2024 | ހުކުރު 17:44
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް
ރައީސް އޮފީސް
ނައިބު ރައީސް ހިލާލީގެއަށް
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި
ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި
ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ޚާއްސަކޮށްފައިވާ ގެކޮޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

17 ނޮވެންބަރު 2023 ގައި މަގާމާއި ހަވާލުވެޑައިގެންނެވުމަށްފަހު ހިލާލީގެއަށް ދިރިއުޅުން ބަދަލުނުކުރައްވައި އެމަނިކުފާނު ހުންނެވީ ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީއެވެ.

ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ޚާއްސަކޮށްފައިވާ ގެކޮޅެވެ. އެގޮތުން ކުރީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވީ ހިލާލީގޭގައެވެ.

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ރައީސުން ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ މުލިއާގެއަށް ދިރިއުޅުން ބަދަލު ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މުލިއާގެ ވެސް ވަނީ މަރާމާތުކޮށްފައެވެ.

- ކޮމެންޓް