ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 12:12
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ލޫޓަން ޓައުން ބަލިކޮށް، އާސެނަލް އެއް ވަނަ އަށް
 
އާސެނަލަށް ލިބެނީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 68 ޕޮއިންޓު

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން 24 ވަނަ މިނެޓުގައި އާސެނަލުން ލަނޑު ޖަހައި ލީޑު ނެގި އެވެ. ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ މާޓިން އޮޑެގާޑް އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، އާސެނަަށް ދެ ލަނޑުގެ ލީޑެއް ލިބުނެވެ. އާސެނަލްގެ ދެ ވަނަ ލަނޑަކީ ލޫޓަން ޓައުންގެ ޑިފެންޑަރު ޑައީކީ ޔަޝިއޯކާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 68 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލް އާއި ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބެނީ 67 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް