ކ. މާލެ
|
4 އޭޕްރިލް 2024 | ބުރާސްފަތި 11:35
ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން
ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން
އިމިގްރޭޝަން
ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަޝްފާން އައްޔަންކޮށްފި
އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ވެސް ފާހަގަކުރެވުނު ތަރިއެއް
އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައި

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.

އިމިގްރޭޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ބެލެހެއްޓުމުގެ ދަށުން އިމިގްރޭޝަނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ޑެޕިއުޓީ ކޮންޓްރޯލަރ މަޤާމަށް އައްޔަންކޮށްފައވާ އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. މިމަޤާމުގައި ކުރިން ހުންނެވީ އިބްރާހީމް އަޝްރަފްއެވެ.

އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ވެސް ފާހަގަކުރެވުނު ތަރިއެކެވެ. އަޝްފާން ވަނީ ޤައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އޭނާއަކީ ޤައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެއެވެ.

- ކޮމެންޓް