ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 03:20
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ކަޕް
ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ލާޒިއޯ ބަލިކޮށްފި
 
ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުން މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ޔުވެންޓަސް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޗިއެސާ އެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ޑުސާން ވްލްހޮވިޗް އެވެ.

މޮޅާއެކު ޔުވެންޓަސް އިން ވަނީ މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފަ އެވެ. ލާޒިއޯގެ ދަނޑުގައި މި ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް