ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 22:52
ފިތުރު ޒަކާތް ދައްކަނީ
ފިތުރު ޒަކާތް ދައްކަނީ
އިސްލާމިކް މިނިސްޓްރީ
ފިތުރު ޒަކާތް
ފިތުރު ޒަކާތް ބަލައިގަންނަ ސުންގަނޑިތައް އާންމުކޮށްފި
ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން އޭޕްރީލް 6 ވަނަ ދުވަހުގެ 23:59 ށް ޒަކާތް ދެއްކޭނެ

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފިއެވެ.

އެކި ޕްލެޓްފޯމްތަކުން އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ޒަކާތު ހައުސްއިން މިހާރު ވަނީ ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިތައް އާއްމުކޮށްފައެވެ.

ފިޠުރުޒަކާތް ބަލައިގަތުމުގެ ސުންގަޑިތަކަކީ:

- ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން އޭޕްރީލް 6 ވަނަ ދުވަހުގެ 23:59

- ބަނޑޭރިޕޭ ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00

- އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00

- ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00

ރަމަޟާންމަހުގެ ފުރަތަމަ 18 ދުވަސް ތެރޭގައި ރާއްޖޭން ފިތުރު ޒަކާތް ދައްކާފައިވަނީ 38،681 މީހުންނެވެ.

- ކޮމެންޓް