ޖޭ.އެސް.ޕީ.އެސް އިންޓަރނޭޝަނަލް ފެލޯޝިޕްސް ފޮރ ރީސަރޗް އިން ޖަޕާން 2024 ގެ ކޯސްތަކަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ، ޖޭ.އެސް.ޕީ.އެސް އިންޓަރނޭޝަނަލް ފެލޯޝިޕްސް ފޮރ ރީސަރޗް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޖަޕާން ސޮސައިޓީ އޮފް ޕްރޮމޯޝަން އޮފް ސައިންސް (ޖޭ.އެސް.ޕީ.އެސް) އިން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މި ފެލޯޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ފެލޯޝިޕްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެމަޢުލޫމާތުމިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.