ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 16:13
ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ވަހީދު
ދައުރު
ދިއްދޫ ދާއިރާގެ މެމްބަރު
މި ހަފުތާގައި ވެސް ދިއްދޫ އިންޖީނުގޭގެ ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަންގައިފި - ދިއްދޫ ދާއިރާގެ މެމްބަރު
 
މުވައްޒަފުން ވަކިކުރާތީ މެމްބަރު ފާޑުވިދާޅުވި
 
މި ސަރުކާރުން ދައްކާ ބަހަނާތައް މިއަދު އާއްމުން ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި

މި ހަފުތާގައި ވެސް ދިއްދޫ އިންޖީނުގޭގެ ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަންގާފައިވާކަމަށް، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެކަން ހާމަކުރެއްވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މީގެ ކުރިން ވެސް ދިއްދޫން ފެނަކައިގެ މުވައްޒަފުން ވަކިކުރީ އެއްވެސް ނޯޓިސްއަކާނުލައި ކަމަށާއި، އެކަމާމެދު ސަރުކާރުން ދައްކާ ހުއްޖަތްތައް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު 50ށްވުރެ ގިނަ މުވައްޒަފުން ވަކިކުރުމަށްފަހު، އޭގެތެރޭން ބައެއް މުވައްޒަފުން ވަގުތީ މުވައްޒަފުންގެ ގޮތުގައި ވަޒީފާއަށް އަނބުރައި ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެފަހުން އަނެއްކާވެސް މި ރޯދަ މަހުގެ ފަހު 10ގެ ޗުއްޓީއާ ދިމާކޮށް ބައެއް މުވައްޒަފުންނަށް ގޭގައި މަޑުކޮށްލަން އަންގާފައިވާކަމަށާއި، މިއީ ވަރަށް ދެރަ ކަމެއްކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަށް ހަތަރުމަސް ވީއިރު ދިއްދުއަށް މާބޮޑު ކަމެއް ކޮށްދެވޭތަން ނުފެންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވަޒީފާގެ ބިރުވެރިކަން މި ސަރުކާރުގައި އިންތިހާއަށް އެބަ އޮތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

އެއްވެސް ފައިސާ އެއްވެސް ނުލިބޭ ގޮތަށް ވަކިކުރީ އެ ފަހުން އަނެއްކާ. މީ ކިހާ ބޮޑު ދެރައެއްތޯ މި ދެވެނީ؟ މިކަހަލަ ކަންކަން ހައްތަހާވެސް ކުރައްވަނީ. ރައްޔިތުން ތިބީ މާޔޫސްވެފަ.
މެމްބަރު، އަބްދުﷲ ވަހީދު

އޭނާ ވިދާޅުވީ ދިއްދުއަކީ ސިޔާސީގޮތުން ވާދަވެރި، ހޭލުންތެރި ރަށެއް ކަަމަށެވެ. ނަމަވެސް އެ ރަށުގައި ވެސް ސިޔާސީ ފިއްތުންތައް ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ދިއްދޫގައި ވެސް ބައެއް މަޝްރޫއުތައް ހުއްޓިފައި އެބަހުރިކަމަށެވެ. އެ މަޝްރޫއުތައް ހުއްޓިފައިވަނީ ބަޖެޓް އެކުލަވާލާފައި އޮތް ގޮތުން ކަމަށް ބުނެ މި ސަރުކާރުން ދައްކާ ބަހަނާތައް މިއަދު އާއްމުން ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން އެ ދާއިރާއަށް ވީ ވައުދުތައް ފުއްދަމުން ނުދާކަން ފާހަގަކުރައްވައި އޭނާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
25%
25%
0%
0%
0%
ކޮމެންޓް