ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 13:29
ކުޅިވަރާބެހޭ ވަޒީރު ޑރ.އަބްދުﷲ ރާފިއު
ކުޅިވަރާބެހޭ ވަޒީރު ޑރ.އަބްދުﷲ ރާފިއު
ޒުވާނުންގެ މަރުކަޒު
ފާޑުކިޔުން އަމާޒުވުމުން، ކައުންސިލުތަކުން ބަލަހައްޓާ ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ނެގުމުގެ މަސައްކަތް މަޑުޖައްސާލައިފި
 
އެކަމުގައި ދެން ގޮތެއް ނިންމާނީ އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހުކަމަށް ކުޅިވަރާބެހޭ ވަޒީރު ވިދާޅުވޭ
 
ބައެއް ކައުންސިލުތަކުން ސަރކިއުލަރއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވޭ

ރަށްރަށުގައި ހުރި ހުރިހާ ޔޫތު ސެންޓަރުތަކެއް ކައުންސިލްތަކުން ނަގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށަށް ބަދަލު ކުރުމާގުޅޭ ސަރކިއުލަރ މިނިސްޓްރީން ބާތިލުކޮށްފިއެވެ.

މި ސަރކިއުލަރ ބާތިލުކޮށްފައިވަނީ ބައެއް ކައުންސިލުތަކުން ސަރކިއުލަރއާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން ޒުވާނުންގެ މަރުކަޒުތައް ސަރުކާރަށް ދޫކުރަން ބައެއް ކައުންސިލުތަކުން ބޭނުމެއް ވެސް ނުވެއެވެ.

މީގެ އިތުރުން، މި ސަރކިއުލަރ ބާތިލުކުރީ ވަގުތީ ގޮތުން ކަމަށާއި އެކަމުގައި ދެން ގޮތެއް ނިންމާނީ އެލްޖީއޭއާ މަޝްވަރާ ކުރުމަށްފަހުކަމަށް ކުޅިވަރާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް