ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 13:22
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ
ދައުރު
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފި
މި ހާދިސާގައި އަނިޔާވި މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވޭ

ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް ފަރުވާދޭން މާލެ ގެނެސްފިއެވެ.

ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް ޕޯސްޓެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް އޭނާ މާލެ ގެނެސްފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނިގިކަން ފުލުހުންނަށް ރިޕޯޓުކުރީ ރޭ 11:43 ހާއިރު ކަމަށެވެ. އަދި އެ މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް