ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 20:50
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ަމަސްތުވާތަކެތީގެ މައްސަލަ
ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް ހުރި
ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރި

ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ، ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން 2024 މާރިޗް 20 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އެގޮތުން ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް ހުރިއިރު، ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުއްޓެވެ.

މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.3 ކިލޯގުރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސް އިން ބުނެއެވެ.

- ކޮމެންޓް