ކ. މާލެ
|
1 އޭޕްރިލް 2024 | ހޯމަ 14:57
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން މުޒާހަރާކުރަނީ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުން
މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ
 
އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާތީ އެރަށުގެ ރައްޔިތުން ވެސް ގެންދަނީ މުޒާހަރާކުރަމުން
 
މިއީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް މެންބަރު ހަލީމް ވިދާޅުވެފައިވޭ
 
ކަންކަން ނިންމުމުގެ ކުރިން ވަރަށް ބޮޑަށް މަޝްވަރާކުރޭ

ފ. މަގޫދޫ ގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅަށްޓަކައި ނޫން ކަމަށާއި، ކަންކަން ނިންމަނީ ރައްޔިތުންގެ ލާބަޔާއިމަންފާއަށް ބެލުމަށްފަހު ކަމަށް ސަރުކާރު ހިންގާ ޕީއެންސީއިން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ކޮއްކޯފުޅު އިންތާޚާބުގައި ވާދަކުރާތީ، ރައީސް މުއިއްޒު ވަކި ގޮތަކަށް ކަންކަން ނުނިންމަވާނެ ކަމަށެވެ. ކަންކަން ނިންމަނީ ރައްޔިތުންގެ ލާބަޔާއި މަންފާ ލިބޭނެ ގޮތް ބެލުމަށްފަހު ކަމަށާއި، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވަނީ ސިޔާސީ ނުފޫޒު ފޯރުވައި، އެއާޕޯޓު ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުންކޮށްފައިވާ ތުހުމަތުތައް ވެސް ދޮގުކުރައްވާފައެވެ.

ރައީސްގެ ކޮއްކޮފުޅު އިންތާޚާބުގައި ވާދަކުރާތީ ވަކި ރައީސް މުއިއްޒު އެކަހަލަ ކަންކަމެއް ނުނިންމަވާނެ، ކަންކަން ނިންމަނީ ހަގީގަތުގައި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގޮތް ބައްލަވާފައި. އެދާއިރާގެ ރައްޔިތުންނާއި ވެސް އަދި އެކެންޑިޑޭޓާއި ވެސް އަދި އަޅުގަނޑުމެންގެ ލީޑަރޝިޕް ވެސް އަދިސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ވެސް މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފަސޭހަ ވެގެންދާނެ ގޮތްތަކަށް ބައްލަވާފައި ރައީސް މުއިއްޒު ކަންކަމުގައި ޑިސިޝަން ނަންގަވަނީ. އެނގޭތޯ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު

މަގޫދޫ އެއާޕޯޓުގެ މައްސަލަ ހުއްޓާލާފައި އޮންނާތީވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) އެވެ.

ހޯމަ ދުވަހު އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި ބުނެފައިވަނީ ފ.މަގޫދޫ އެއަރޕޯޓް އެޅުމުގެ މަޝްރޫއަކީ ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި 21 މިލިއަން އެމެރިކާ ޑޮލަރުގެ ނަގުދު ފައިސާ ލިބިގެން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފ.މަގޫދޫ އެއަރޕޯޓުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މި ގަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާ އެ ރަށާއި ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ.ނިލަންދޫ ދާއިރާއަށް ރައީސްގެ ކޮއްކޯފުޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވާ ފ.ނިލަންދޫގައި އެއަޕޯޓެއް އެޅުން އިއުލާންކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މިއީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމަވާފައިވާ ނިންމެވުމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަށް މެންބަރު ހަލީމް ހުށަހެއްޅުއްވި މި ގަރާރުގައި ބުނެފައިވެއެވެ.

އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާތީ އެރަށުގެ ރައްޔިތުން ވެސް ގެންދަނީ މުޒާހަރާކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
100%
0%
0%
0%
0%
ކޮމެންޓް