ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، 2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ބައެއް ވޯޓު ފޮށިތަކުގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިސްލާޙުތައް އީސީން މިހާރު ވަނީ ދިވެހި ސަރުކާރުގެގެޒެޓުގައިޝާއިއުކޮށްފައެވެ.