ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 11:57
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ކަރަންޓާއި ފެން ކެޕް ކުރުން
ފެނާއި ކަރަންޓު ބިލު އާންމު މަހަކާއި އެއްވަރަށް ކެޕްކުރުމަށް އަންގައިފި
އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހު

މި ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލު އާންމު މަހަކާއި އެއްވަރަށް ކެޕްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގައިފިއެވެ.

މިކަން ހާމަކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ ޑޮމެސްޓިކް ކަރަންޓް ބިލަށް ރައްޔިތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ، އެ ކަމަށް ރައްޔިތުންނަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލު ހުންނާނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މި އަހަރުގެ މާރޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައެވެ.

މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާއިރު މި އަހަރުގެ މާރޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނަންވާނީ ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައި ކަމަށް ވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް