ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 14:35
ބަޔާންގެ ޑައިރެކްޓަރު މެކްސް އެބާލް
ބަޔާންގެ ޑައިރެކްޓަރު މެކްސް އެބާލް
ރޮއިޓާސް
ބަޔާން މިއުނިކް
އެބާލް ވިދާޅުވަނީ ބަޔާނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް
 
ބަޔާނުން ޤަބޫލު ކުރާ ގޮތުގައި އެ ކުލަބުން އެބާލް އަށް ހުށަހެޅީ ވަރަށް އިންސާފުވެރި އަދި ރަނގަޅު ހުށަހެޅުމެއް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސްގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތުގައި އެ ކުލަބަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ޑިފެންޑަރު ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާާކީ އެއް އަހަރު އޮތްއިރު، ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެެއިންގެ ރެއާލް މެޑްރިޑު ހިމޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބަޔާނުން ވަނީ ޑޭވިސް އަށް އައު އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. ނަމަވެސް ޑޭވިސް މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެބާލް ވިދާޅުވީ، ޑޭވިސްގެ ކޭސްގައި ބަޔާނަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

އެބާލް ވިދާޅުވީ ބަޔާނުން ޤަބޫލު ކުރާ ގޮތުގައި އެ ކުލަބުން އެބާލް އަށް ހުށަހެޅީ ވަރަށް އިންސާފުވެރި އަދި ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ހަމައެހެންމެ ކޮންމެ ކަމެއްގައި ވެސް ވަކި ހިސާބަކަށް ދާއިރު، އާނއެކޭ ނުވަތަ ނޫނެކޭ ބުނަން ޖެހޭނެކަން ފާހަގަކޮށް އެބާލް ވިދާޅުވީ، އަބަދު އިންތިޒާރު ނުކުރެވޭނެ ކަމަށެވެ. އެބާލް ވިދާޅުވީ، އޭނާ އަށް އަބަދު ވެސް އެންމެ ވަރުގަދަ ވާނީ ކުލަބު ކަމަށެވެ.

ޑޭވިސް ވަނީ މިހާތަނަށް ބަޔާނަށް 184 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަކީ ބަޔާންގައި މުހިންމު ކުޅުންތެރިޔެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް