ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 13:39
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިހާދުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިހާދުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ފަހަތުން އަރައި އަލް އިއްތިހާދު މޮޅުވެއްޖެ
 
މޮޅާއެކު އަލް އިއްތިހާދު ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފައި

ސައުދީ ޕްރޯ ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިހާދު މޮޅުވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިހާދުން ކާމިޔާބު ކުރީ ފަހަތުން އަރައި، 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް ފެއިހާ އިންނެވެ. ނަމަވެސް އޭގެ ފަހުން އަލް އިއްތިހާދުން ވަނީ ތިން ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗު ފަށައިގެން 25 ވަނަ މިނެޓުގައި އަލް ފެއިހާ އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޢަބްދުލް ޙާމިދު ޞަބުރީ އެވެ. އޭގެ ފަސް މިނެޓު ފަހުން އަލް އިއްތިހާދަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޢަބްދުއް ރައްޒާޤު ޙަމަދުﷲ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަޙުމަދު އަލް ޣަމްދީ އެވެ. މެޗުގައި އަލް އިއްތިހާދުގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ މާވަން އަލް ޝަހާފީ އެވެ.

މޮޅާއެކު އަލް އިއްތިހާދު ވަނީ ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 25 މެޗުން 46 ޕޮއިންޓު ހޯދައިގެންނެވެ. އަލް ފެއިހާ އޮތީ 32 ޕޮއިންޓާއެކު އަށް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބްދުﷲ އަޒުމީން
0%
0%
0%
0%
0%
0%
ކޮމެންޓް