ސިންގަޕޯރ އެއަލައިންސްގެ ޚިދުމަތްތައް ރާއްޖޭގައި ދޭތާ 40 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެ އެއަރލައިނުން ވަނީ އެކަން ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އަދި 40 އަހަރު ޚިދުމަތުގައި ދެމި ތިބުމަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބެއް ކަަމަށް އެ ހަފްލާ ގައި ވާހަކަދެއްކި ސިންގަޕޯރ އެއަރލައިންސްގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ. އެ ހަފްލާގައި ޚިދުމަތުގައި ދިގު މުއްދަތަކަށް ދެމި ތިބި ފަރާތްތަކަށާއި ސިންގަޕޯރ އެއާލައިންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ގޮތް ގޮތުން އެހީތެރިވެދިން ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ ދީފައެވެ. މިހަފްލާގައި ބައިވެރިންގެ މެދުގައި ޚާއްސަ ގުރެއް ވެސް ވަނީ ނަގާފައެވެ.
ސިންގަޕޯރ އެއަރލައިންސަކީ ރާއްޖެ އަށް އެންމެ ފުރަތަމަ ދަރުތުތައް ފެށި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނެކެވެ.