ކ. މާލެ
|
29 މާރޗް 2024 | ހުކުރު 16:36
މަސްތުވާތަކެތީގެ ވަބާވަނީ މުޅިދުނިޔެއަށް ނުރައްކާ ކޮށްފައި
މަސްތުވާތަކެތީގެ ވަބާވަނީ މުޅިދުނިޔެއަށް ނުރައްކާ ކޮށްފައި
އޭއެފްޕީ
ދެކުނުއޭޝިއާގައި މަސްތުވާތަކެތި
އިންޑިއާއިން ފެށިގެން އޮސްޓްރޭލިޔާއާ ހަމައަށް މިޔަންމާގެ އަގުހެޔޮ މެތްގެ ވިޔަފާރި ވަނީ ފެތުރިފައި
 
2022 ވަނަ އަހަރު އެކަނިވެސް ދެކުނު އިރުމަތީ އޭޝިއާގެ އެކި ހިސާބުތަކުގައި މެތު އަތުލައިގަތް މިންވަރު ވަނީ 150،000 ކިލޯއަށް ވުރެ މައްޗަށް ގޮސްފައި

މިޔަންމާގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އަސަރު ތައް މުޅި އޭޝިއާގައި ދަނީ ފެތުރެމުންނެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޮޑު ސަރަހައްދެއް ގާނޫނާ ހިލާފަށް ހިންގަމުން އަންނަ އަނިޔާވެރި ދާހިލީ ހަނގުރާމައިގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ މިޔަންމާގެ އިރުއުތުރު ޝާން ސްޓޭޓުން މެތް އުފެއްދުމާއި ޓްރެފިކް ކުރުން އިތުރުކުރުމަށް އެ ހަލަބޮލިކަމުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފަމުންނެވެ.

2021 ވަނަ އަހަރު ވެރިކަން އަތުލި އަސްކަރީ ޖުންޓާއަށް، ޑިމޮކްރަސީއަށް ތާއީދުކުރާ ޖަމާއަތްތަކާއި ނަސްލީ ލަޝްކަރުތަކުގެ ވަރުގަދަ ދެކޮޅުވެރިކަން ދަނީ ކުރިމަތިވަމުންނެވެ. ވެރިކަމުގެ ބާރުތައް ފަހަތަށް ޖެހެމުން ދާއިރު، މަސްތުވާތަކެތި ހުއްޓުވުމުގެ ޤާނޫނުތައް ތަންފީޒުކުރުމުގެ ސިޔާސަތުތައް ފުނޑުފުނޑުވެ، ނާކޯ ނަފާ ހޯދުމުގެ މާހައުލެއް ވަނީ ފަހިވެފައެވެ. ރިޝްވަތުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގެ ހިންގުން ހަރުކަށިވެ، ކޮރަޕްޝަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

"އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މުހުތާދުޖެހިފައިވާ މީހުން މަސްތުވާތަކެތި އުފެއްދުމާއި ޓްރެފިކިންގެ ތެރެއަށް ވެއްޓިއްޖެ، ވެރިކަމުގެ ފަރާތުން ކުށާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވެރިކަމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ފޯކަސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި"
ސެކިއުރިޓީ އެނަލިސްޓް އެޑްރިއަން ރޮވެލް ކިޔައިދިނެވެ.

މި ބޮޑު ނުރައްކާތެރި ވަބާގެ ސަބަބުން ކައިރި އަދި ދުރު ގައުމުތަކަށް މިވިޔަފާރި ފެތުރި، އަގު ހެޔޮ މެތަމްފެޓަމިންސް މިވަނީ ވަރަށް ބޮޑަށް ގިނަވެފައެވެ. 2022 ވަނަ އަހަރު އެކަނިވެސް ދެކުނު އިރުމަތީ އޭޝިއާގެ އެކި ހިސާބުތަކުގައި މެތު އަތުލައިގަތް މިންވަރު 150،000 ކިލޯއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހޯލްސޭލް އަގުތައް ރެކޯޑް މިންވަރަކަށް ވަނީ ދަށަށް ގޮސްފައެވެ.

މަސްތުވާތަކެތީގެ މި ކުރިއަރަމުން އަންނަ ސަޕްލައިގެ ސަބަބުން މާސް ކޮންސިއުމަރ މާކެޓެއް ވަނީ އުފެދިފައެވެ. ފަގީރު މަސައްކަތްތެރިންނާއި، ޓްރަކްކުރާ މީހުންނާއި، ދަނޑުވެރިންނާއި، ދަރިވަރުން، މެތު އާއި ކްރިސްޓަލް މެތުގެ ބާރުގަދަ ސްޓިމިއުލެންޓް އިފެކްޓްސްތަކަށް އެނބުރެމުން ދަނީ ފަސޭހަކަމާއި، އުނދަގޫ ހާލަތްތަކުގެ ތެރެއިންނެވެ.

ބަޣާވާތުގެ ކުރިން މަސްތުވާތަކެތީގެ ނާޖާއިޒު ވިޔަފާރީގެ ތެރެއަށް ވަދެފައިވާއިރު، މިޔަންމާގެ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އުފެއްދުންތެރިކަމާއި ދުނިޔޭގެ ޓްރެފިކިންގެ ވަސީލަތްތައް ހީވެސް ނުކުރާ ވަރަށް ފުޅާވެގެން ހިނގައްޖެއެވެ. ޔުނައިޓެޑް ވާ ސްޓޭޓް އަސްކަރިއްޔާ ފަދަ ނަސްލީ ހަތިޔާރު އެޅި ޖަމާއަތްތަކުން ދަނީ ހަމައެކަނި މަސްތުވާތަކެތި އުފައްދަމުން ނެއް ނޫނެވެ.

"މިޔަންމާގެ މުޅި ސިޔާސީ އިގްތިސާދަކީ މިހާރު މައިގަނޑު ގޮތެއްގައި އަންޑަގްރައުންޑް ނާކޯ އިކޮނޮމީއެއް، 2021 ވަނަ އަހަރަށް ފަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މަސްތުވާތަކެތީގެ ވިޔަފާރި."
އެނަލިސްޓް އަވިނާޝް ޕަލިވާލް ވިދާޅުވިއެވެ.

ދުރު ބަންގްލަދޭޝް ރެފިއުޖީ ކޭމްޕުތަކުން ފެށިގެން އޮސްޓްރޭލިއާގެ އާބަން ސެންޓަރުތަކަށް މެތު ޓްރެއިލް އެނބުރި މިޔަންމާގެ ޝާން ސްޓޭޓަށް ދެއެވެ. ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް، އަސްކަރީ ވެރިކަމަށް ނުފޫޒެއް ފޯރުވަން ނުކުޅެދިފައި ނުވަތަ ނުކެރިފައި ވާއިރު، ބައެއް އޮފިޝަލުން ރިޝްވަތުގެ ފައިދާ ހޯދައެވެ.

މިޔަންމާގެ މަސްތުވާތަކެތީގެ ވަބާއާއި، ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ސަރަޙައްދުތަކަށް މިވިހަ މަސްތުވާތަކެތީގެ ވަބާ ފެތުރި މިޔަންމާގެ މުޅި އާބާދީ އެކަމުގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ. އަދި މިކަމުގެ ސަބަބުން މީގެ ގެއްލުން އޮތީ ހަމައެކަނި މިޔަންމާއަކަށްވެސް ނޫނެވެ. މުޅިއޭޝިއާ ސަރަޙައްދަށް މިވަނީ މިކަން ފުޅާވެފައެވެ. އެހެކަމުން މި މައްސަލަ އަށް އަވަސް ޙައްލެއް މިވަނީ ބޭނުންވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް