ކ. މާލެ
|
29 މާރޗް 2024 | ހުކުރު 14:12
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
ޓޮޓެންހަމް
ވާދަވަރި ޓީމެއް ބިނާނުކުރެވޭނަމަ ގަދަ ހަތަރެއް ބޭނުމެއްނޫން: ޓޮޓެންހަމް ކޯޗު
 
ޓޮޓެންހަމަށް ސީޒަނުގެ ކުރީކޮޅު ދެއްކި ފޯމު ހިފެހެއްޓޭ

މި ސީޒަނުގެ ގަދަ ހަތަރަކަށް އަރަން ބޭނުންވަނީ ޓީމު ކުރިއަރައިގެން އެކަނި ކަމަށް ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ފުލަމް އަތުން 3-0އިން ބަލިވި މެޗަށް ފަހު ޓޭބަލުގެ ހަތަރުވަނަ މަގާމު ގެއްލި ފަސް ވަނަ މަގާމަށް ވެއްޓުމުންނެވެ. ކުޅުނު 28 މެޗުން މިހާރު ޓޮޓެންހަމަށް ލިބިފައިވަނީ 53 ޕޮއިންޓެވެ. ހަތަރުވަނާގައިވާ އެސްޓަންވިލާ އަށް ލިބިފައިވަނީ 55 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ 10 މެޗެވެ.

އަހަރެން ބޭނުމެއްނޫން ޓީމު ކުރިނާރާނަމަ ގަދަ ހަތަރަކަށް އަރާކަށް. ޓީމު ކުރިއަރައި ވާދަވެރި ޓީމެއް ބިނާ ނުކުރެވޭނަމަ ގަދަ ހަތަރަކަށް އެރުން މުހިންމެއްނޫން
ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ

އޭނާ އަދި ބުނީ މި ސީޒަނުގައި އޭނާ ޓީމާ ހަވާލުވުމަށްފަހު ގެނައި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެންމެ މުހިންމު ކަންތައް އަދި ނުކުރެވޭ ކަމަށެވެ.

އެންމެ މުހިންމީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅުން. އެކަން ނުކުރެވޭނަމަ އަހަރުމެން ގަދަ ހަތަރަކަށް އެރުމުގެ ބޭނުމެއްނެތް. ލީގެއްގައި އެންމެ މުހިންމުވާނީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެ ވާދަވެރި ޓީމެއް އޮތްކަން ދެއްކުން. އެކަން ނުކުރެވޭނަމަ ގަދަ ހަތަރެއް މުހިންމެއްނޫން. ކޮންމެ މަގާމެއްގައި އޮތަސް ވާނީ ހަމަ އެއްކަމެއް
ޓޮޓެންހަމުގެ ކޯޗު އެންޖޭ ޕޮސްޓެޗެގްލޫ

ޓޮޓެންހަމުން މި ސީޒަން ފެށީ ވަރަށް ރަނގަޅަށް މެޗުތަކުން މޮޅުވަމުންނެވެ. ނަމަވެސް ސީޒަން މެދަކަށް އެޅުނުއިރު ނަތީޖާތައް ދަށް، ޓީމު ވަނީ ފަހަތަށް ސޮއްސަން ފަށައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް