ކ. މާލެ
|
29 މާރޗް 2024 | ހުކުރު 14:08
ޒަބީ އަލޮންސޯ
ޒަބީ އަލޮންސޯ
ޓްވިޓަރ
ޒަބީ އަލޮންސޯ
އަލޮންސޯ ގެނައުމުގެ ހިޔާލު ލިވަޕޫލާއި ބަޔާން ދޫކޮށްލަނީ
 
އެއް ސީޒަނަށް ފަހު ލެވަކޫސަންއިން އަލޮންސޯ ގެންދަން ފަސޭހައެއްނޫން: ބަޔާން

އަންނަ ސީޒަނުގެ ކޯޗަކަށް ބަޔާން ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ގެނައުމުގެ ހިޔާލު ލިވަޕޫލާއި ބަޔާން ލެވަކޫސަން އިން ދޫކޮށްލައިފި އެވެ.

ޖަރުމަނާއި އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނަމުންދަނީ މި ދެ ކުލަބުން އެ ހިޔާލު ދޫކޮށްލަން ނިންމީ އަންނަ ސީޒަނުގައި ލެވަކޫސަންގައި ހޭދަކުރަން އަލޮންސޯ ބޭނުންވާތީ އެވެ.

ބަޔާން މިއުނިކްގެ އޮނަރަރީ ރައީސް އުލީ ހޮއެނެސް ވިދާޅުވީ ލެވަކޫސަންގައި އަލޮންސޯ އެއް ސީޒަނުގައި ކާމިޔާބު ހޯދުމުން އޭނާ އަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް އެއީ ދެތިން އަހަރުގެ ކަމެއްނަމަ އަލޮންސޯ އެކުލަބުން ދިއުމުގެ ފުރުސަތު ބޮޑުވީސް ކަމަށެވެ.

ދެތިން އަހަރު އޭނާ ލެވަކޫސަންގައި ހުރިނަމަ ފަސޭހަވާނެ އޭނާ އެހެން ކުލަބަކަށް ގެންދަން. އަދި އޭނާ ވެސް މިވަގުތު ބޭނުމެއްނުވޭ ލެވަކޫސަން ހުސްކަމަކަށް ގެންދާކަށް. މިހެންވެ އަންނަ ސީޒަނުގައި އަލޮންސޯ ކޯޗަކަށް ގެނައުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެއް
ހޮއެނެސް

ރިޕޯޓްތައް ބުނާ ގޮތުން ބަޔާން އާއި ލިވަޕޫލުން ވެސް ވަނީ އަލޮންސޯގެ އެޖެންޑާއެކު މަޝްވަރާތަކެއްކޮށްފަ އެވެ. ނަމަވެސް އޭނާ ގެނެވޭނެ ކަމުގެ ފުރުސަތު ހަނިވުމުން ލިވަޕޫލުން މިހާރު ވަނީ އެމީހުންގެ އެއްވަނަ ކެންޑިޑޭޓްގެ ބަދަލުގައި އެހެން ކޯޗުންނާ މަޝްވަރާކުރަން ފަށައިފަ އެވެ. އޭގެ ތެރޭގައި ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑިޒާބީ އާއި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް ހިމެނެނީ އެންމެ ކުރީގަ އެވެ.

ލިވަޕޫލްގެ ކޯޗުކަން ޔާގެން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާނެކަން އިއުލާނުކުރުމާއެކު އެކުލަބުން އެންމެ ބޭނުންވި ކޯޗަކީ އަލޮންސޯ އެވެ. ބަޔާންގެ ކޯޗުކަމުން ތޯމަސް ޓުކެލް މި ސީޒަނަށް ފަހު ވަކިވާނެ އެވެ. އެކުލަބުގެ އެއްވަނަ ހޮވުމަކީ އަލޮންސޯ އެވެ. އޭނާ އަކީ ލިވަޕޫލާއި ބަޔާނަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް