ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 19:12
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
އާރްޑީސީގެ ހިޔާނަތް
އާރްޑީސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކުރީ ބިރުދެއްކުމަށް: ފައްޔާޒު
 
އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން
 
މިއީ ކުރާ ފުރައްސާރައެއް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހިޔާނާތުގެ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރުކުރީ ބިރުދެއްކުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ފުލުހަށް ހާޒިރުކޮށްފައިވަނީ އާރްޑީސީ އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި، އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލާގައި އާރްޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭތީ މައްސަލާގައި ސުވާލުކުރުމަށެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފައްޔާޒު ފުލުހަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު، ނުކުމެވަޑައިގަންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށާއި، މިއީ ކުރާ ފުރައްސާރައެއް ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ފުލުހަށް ހާޒިރުކުރަނީ ބިރުދެއްކުމަށް ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ އާރުޑީސީ އަށް ލިބިފައިވާ ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅުވުމަށް މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކަމަށް ވެސް ތުހުމަތުކުރައްވާފައެވެ.

އަޅުގަނޑު މިކަހަލަ ވާހަކަ ދެއްކީމަ ބައެއް ބޭފުޅުންނަށް އުދަނގޫވެދާނެ. އެކަމަކު ޑިމޮކްރަސީއެއްގައި މިސާލަކަށް އަޅުގަނޑު ކޮށްފައި އޮތް ކަމެއް ވިޔަސް މިއަދު އެއްނޫން މިކަން މިގޮތަށް ގެންދާނީއެއް އެނގޭތޯ. އެއީ ބޮޑު މަޖިލިސް އިންތިޚާބެއްގެ ބޯމަތިވެފައި އޮންނައިރުގައި އިދިކޮޅު ޕާޓީއެއްގެ ޗެއާޕާސަން ގެނެސްގެން މިކަން ކުރަނީ ބިރު ދައްކަން. ދެން ތަންދޮރު ވެސް ނޭނގެނީ. ދެން އަޅުގަނޑު އެބޭފުޅުންނާއި ސުވާލުކުރިން ހެޕީ މާކެޓްގެ ފަރާތުން ހެޕީ މާކެޓްގެ ވެރިޔާގެ އަންހެން ދަރިއަކަށް މިކުރާ ހަރަދު އެއީ މިހާރުގެ ހޯމް މިނިސްޓަރުގެ އަނބިކަބަލުން ކަމަށްވާތީވެ ދައުލަތާއި ހެޕީ މާކެޓާއި އެބަ މުއާމަލާތް ކުރެވޭ. ފައިސާ އެބަ ޖަމާވޭ. އެހެން ކަމަށްވަންޏާ އެ ލާރި އެބޭނުންކުރެވޭ ގޮތް ވެސް ބަލަންޖެހޭ. އެހެންވީމަ އަޅުގަނޑުމެން ބަލާނަން އެމައްސަލަ. އެމައްސަލަ ބަލާފައި އަޅުގަނޑުމެން އެމައްސަލަ ތަހުގީގުކުރަން ހުށަހަޅާނަން.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

މިމައްސަލައާ ގުޅިގެން މީގެ ކުރިން ފައްޔާޒު ވިދާޅުވީ އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވަނީ ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލާފައެވެ.

2022 ވަނަ އަހަރު ތަހުގީގު ކުރަން ފެށި މިމައްސަލާގައި އާރްޑީސީގެ 3 މުވައްޒަފެއްގެ އެކައުންޓަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވާއިދާއި ޚިލާފަށް ޖަމާކުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެތެރެއިން އެއް މުވައްޒަފެއްގެ އެކައުންޓަށް 11 މިލިއަން، އަދި ބާކީ ދެ މީހުންގެ އެކައުންޓަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން، މަނީ ލޯންޑަރކުރުމުގެ އަމަލުތައް ހިންގާފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
50%
50%
ކޮމެންޓް
ގުޅުންހުރި
21 ވަނަ ދުވަހުލާ ވޯޓަކީ ދިވެހިންގެ ހައްގުތައް ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ވޯޓެއް - ފައްޔާޒް
އއ. ތޮއްޑޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
ހަންކެޑެ ޕްރޮޖެކްޓަށް ފައިނޭންސްކުރާ ބޭންކާއެކު އެމްއެފްސީން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައި - ފައްޔާޒް
ކޮވިޑާއި ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިދިޔަ ސަރުކާރުން ވަނީ ކަނޑާލާފައި: ފައްޔާޒު
ޣިޔާސުއްދީންގައި ހިނގިކަންކަމުން އެނގިގެންދިޔައީ މުއިއްޒަކީ ނާގާބިލުކަމުގެ ވާހަކަ ނުދެއްކޭވަރަށް ނާގާބިލު ވެރިއެއްކަން : ފައްޔާޒު
ހަންކެޑެ މަޝްރޫޢު އަށް ފައިސާ ހަމަ ނުޖެހޭ ކަމަށާއި އެގްރީމެންޓްގައި ސޮއިނުކުރާކަމަށް ބުނާ ވާހަކަ އަށް ފައްޔާޒް ރައްދު ދެއްވައިފި
މިސަރުކާރުން މަސައްކަތް ކުރަނީ ދޮގާއި މަކަރުގެ ތެރެއިން ބާރުވެރިކަން ހޯދައިގެން ރައްޔިތުން ބިކަ ކުރަން: ފައްޔާޒު