ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 12:12
މާލެ މަގުމަތި
މާލެ މަގުމަތި
އަޝްވާ ފަހީމް
ފިތުރު ޢީދު
ފިތުރު ޢީދު ދުވަހު ހިނގާފައި އުޅޭނެ ވަކި ގަޑިތަކެއް ކަނޑައަޅައިފި
ސިޓީ ކައުންސިލުން މިފަދައިން ކަނޑައަޅާފައި ވަނީ މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައި

ފިތުރު ޢީދު ދުވަހު ހިނގާފައި އުޅޭނެ ވަކި ގަޑިތަކެއް ކަނޑައަޅައިފިއެވެ.

މާލޭގައި ފައިމަގުގައި އުޅެވޭނެ، ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް ކަނޑައަޅާ އެކަން މާލޭ ސިޓީ ކައުންސިލުން ވަނީ އާއްމުކޮށްފައެވެ.

ސިޓީ ކައުންސިލުން މިހެން ކަނޑައަޅާފައި ވަނީ މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މާލެސިޓީ ކައުންސިލުން ވަނީ އެ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ހަމަޖައްސާފައެވެ. އެހެންނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޢީދު ދުވަހު ފައިމަގުގައި އުޅޭނެ ގަޑިތަކެއް ކަނޑައަޅާފައި ވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގައި އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު ވެސް ބަދަލުކޮށްފައެވެ. އެގޮތުން މިއަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްޙާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް