ކ. މާލެ
|
27 މާރޗް 2024 | ބުދަ 14:41
5100 ޓިބެޓް ސްޕްރިންގ ވޯޓަރ
5100 ޓިބެޓް ސްޕްރިންގ ވޯޓަރ
ރާއްޖެއެމްވީ
ފެނުގެ ޝިޕްމަންޓް
މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
 
24 ފުޅީގެ ކޭހެއްގެ އަގު މާލެއާ ހަމައަށް ގާތްގަނޑަކަށް 160 ޑޮލަރު ޖެހޭ
 
މުޅި ޝިޕްމަންޓްގެ އަގު 30 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއެއްޗެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ބައެއް ކަމަށްވާ ޓިބެޓުން އުފައްދާ އަގުބޮޑު ފެނުގެ ބްރޭންޑެއްކަމަށްވާ 'ޓިބެޓް 5100' ގެ ފެން ކޭސްތަކެއް މުލިއާގޭގެ ބޭނުމަށް އެތެރެކޮށްފިކަމަށް ލިބުނު ހަބަރާއި ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ކުއްލިގޮތަކަށް ނޫސްބަޔާނެއް ނެރެފައެވެ. އެގޮތުން 30 މިލިއަން ޑޮލަރުގެ މި ފެނަކީ ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން ޔަން ޖިން ހައި ކުރެއްވި ޒިޔާރަތުގައި ދެއްވާނެކަމަށް ވިދާޅުވި އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ ޒިންގޒަން އޮޓޮނޮމަސް ރީޖަންގެ ޗެއަރމަން 2023 ނޮވެމްބަރުގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ދިވެހިރާއްޖެއަށް ހަދިޔާކުރައްވަން ގަސްދުކުރައްވާކަން ހާމަކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެފަރާތުން ހިލޭ ހަދިޔާކުރައްވާ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހި ސަރުކާރުން ނިންމާފައިވަނީ އެ ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރު ގޮތަކަށް ކަސްޓަމްސްގެ ތެރެއިން މައުލޫމާތު ލިބިފައިވަނީ ޓިބެޓް ސްޕްރިންގ އަގުބޮޑު މިނަރަލް ވޯޓަރގެ ކޮންޓެއިނަރތަކެއް އެތެރެކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ލިބުނުގޮތުގައި 2 ޝިޕްމަންޓެއް ގެންނަން ވަނީ ނިންމާފައެވެ. 46 ކޮންޓެއިނަރަކީ 1 ޝިޕްމަންޓްކަމަށާއި، ޖުމްލަ ދެޝިޕްމަންޓްގަ 96 ކޮންޓެއިނަރު ހިމެނޭއިރު 189،000 ކޭސް ފެން ހިމެނޭކަމަށް ކަސްޓަމްސްގެ ތެރެއިން ވަނީ މައުލޫމާތު ލިބިފައެެވެ.

މިފެނުގެ ބްރޭންޑަކީ ޒިޔާންގް ސްޕްރިންގ 5100 އެވެ. 24 ފުޅީގެ ކޭހެއްގެ އަގު މާލެއާ ހަމައަށް ގާތްގަނޑަކަށް 160 ޑޮލަރު ޖެހޭއިރު މުޅި ޝިޕްމަންޓްގެ އަގު 30 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އަދި މި ޝިޕްމަންޓް ހުރީ ރައީސް އޮފީހުގެ ނަމުގައެވެ.

ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް ވަނީ މި ވާހަކަ ދޮގުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
22%
0%
0%
67%
0%
11%
ކޮމެންޓް
28 މާރޗް 2024 | ބުރާސްފަތި 18:02
ައަންމަޑޭ
އެހެންވިއްޔާ ތިހުރިހާ ފެނެއްވެސް ބަހަންޖެހޭނީ ރައްޔިތުންނަށް. ކީއްކުރަން މުލީއާގެއަށް ގެންދަންވީ.
ގުޅުންހުރި
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ބިލު ރައީސް ތަސްދީގުކުރައްވައިފި
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ރައީސް މުއިއްޒަކީ އަމިއްލަފުޅު ޕާޓީގެ އުސޫލުތަކާއި ހަމަތައް ވެސް ހިފަހައްޓަވާ ބޭފުޅެއް ނޫން: ރައީސް ސާލިހު
ރައީސް މަގޫދޫއަށް ވަޑައިނުގަތީ ރައްޔިތުންނާއި ކުރިމަތިލާން ޖެހިލުންވެވަޑައި ގަންނަވާތީ؟
މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ރައީސް ނުދެއްވާ - ކައުންސިލް