ކ. މާލެ
|
27 މާރޗް 2024 | ބުދަ 12:19
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް
ޕީސީބީގެ ނައިބް ރައީސް
ޕީސީބީގެ ނައިބް ރައީސް ފިރާޒު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގައި
ފިރާޒަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 7 ނޮވެމްބަރު 2022 ގައި
އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ތާރީޚެއްކަމަށް އީސީގެ ރެކޯޑުތަކުން ދައްކަނީ 11 އޭޕްރީލް 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބް ރައީސަކަށް އައްޔަންކޮށްފައިވާ މުހައްމަދު ފިރާޒު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފައިވާކަން ހާމަވެއްޖެއެވެ.

ޕީސީބީގެ ނައިބް ރައީސަކަށް އައްޔަންކޮށްފައިވާ މުހައްމަދު ފިރާޒަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 7 ނޮވެމްބަރު 2022 ގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން، ފިރާޒް ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ތާރީޚެއްކަމަށް އީސީގެ ރެކޯޑުތަކުން ދައްކަނީ 11 އޭޕްރީލް 2023 އެވެ.

އެހެންނަމަވެސް ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރައިޓްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު ބުނާ ގޮތުން ބޯޑުގެ ރައީސާއި ނައިބްރައީސަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ ފަރާތަކަށް ނުވުމަކީ ޝަރުތެކެވެ. އެކަން އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައިވާ މައުލޫމާތު - އިލެކްޝަންސް ކޮމިޝަން

މި ދުވަސްވަރަކީ ޕީސީބީއަށް އަމާޒުކޮށް ގިނަ ތުހުމަތުތަކެއް ކުރެވެމުންދާ ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް ޕީސީބީ އަށް ނުފޫޒު ފޯރުވާފައިވާ ކަަމަށް ވިދާޅުވެ، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ޝަމާޙު ރަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އެ ތުހުމަތުތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ.

- ކޮމެންޓް