ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 04:49
ޑެނީ އަލްވެޒް (ކ) ޖަލުން ނުކުމެ ހިނގައިގަންނަނީ
ޑެނީ އަލްވެޒް (ކ) ޖަލުން ނުކުމެ ހިނގައިގަންނަނީ
ޑެއިލީ މެއިލް
ޑެނީ އަލްވެޒް
އެއް މިލިއަން ޔޫރޯ ދައްކައި އަލްވެޒް ޖަލުން ނުކުމެއްޖެ
 
އޭނާ ހަފުތާއަކު އެއް ފަހަރު ކޯޓަށް ހާޒިރުވާންޖެހޭ، ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފައި

ބްރެޒިލްގެ ކުރީގެ ކެޕްޓަން ޑެނީ އަލްވެޒް 1 މިލިއަން ޔޫރޯ ދައްކައި ވަގުތީ ގޮތުން ޖަލުން ނުކުމެއްޖެ އެވެ.

ސްޕޭނުގެ ބާސެލޯނާ ކައިރީގައިވާ ޖަލެއްހައި އޭނާ ބަހައްޓާފައި ހުރީ ނައިޓް ކުލަބެއްގައި އަންހެން ކުއްޖަލު ރޭޕް ކުރިކަމުގެ ކުށް ސާބިތުވުމުން ހަތަރު އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމް ކުރުމުންނެވެ. ނަމަވެސް މި މައްސަލަ ފެށުމާއެކު ޖަލުގައި ބަންދުކުރި އަލްވެޒް ޖަލުގައި ހުންނަތާ މިހާރު ދޮޅު އަހަރުވެއްޖެ އެވެ.

ސްޕޭނުގެ ކެޓަލޯނިއާގެ ކޯޓުން އޭނާ ވަގުތޫ ގޮތުން މިނިވަންކުރީ ޝަރުތުތަކަކާއެކުގަ އެވެ. އެއީ އެއް މިލިއަން ޔޫރޯ ހައި ކޯޓަށް ދެއްކުމާއެކު އޭނާގެ ބްރެޒިލް އަދި ސްޕޭން ޕާސްޕޯޓް ހައިކޯޓާ ހަވާލުކުރުމުންނެވެ. މިކަން ކުރީ އޭނާ ފުރައިގެން ހިނގައދާނެ ކަމަށް ބެލެވޭތީ އެވެ. އެއީ ސްޕޭނުގައި އޮންނަ ފަދަ ހަރުކަށި އަދަބުތަކެއް ބްރެޒިލްގައި ނޯންނާތީ އެވެ. އަދި އޭނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ އުޅޭ ތަންތަނަށާއި އޭނާ އުޅޭ ހިސާބާ ކައިރިއަށް ދިއުމާއި އޭނާއާ އެއްވެސް ގޮތަކުން ވާހަކަ ދައްކަން މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ހަފުތާއަކު އެއް ފަހަރު ކޯޓަށް ހާޒިރުވާންޖެހެ އެވެ.

ޑެނީ އަލްވެޒް (ކ) ޖަލުން ނުކުމެ ލޯޔަރާއެކު ހިނގައިގަންނަނީ - ޑެއިލީ މެއިލް

ބާސެލޯނާގެ ކަނާތު ބެކަށް މޮޅަށް ކުޅުނު ޑިފެންޑަރުގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. މިހެންވެ އޭނާ އަށް 1 މިލިއަން ޔޫރޯ ކޯޓަށް ދަތިތަކެއް ދިމާވި އެވެ. ނަމަވެސް ކަފާލާތަށް ދިން މުއްދަތު ހަމަވުމުގެ ކުރިން އޭނާ މި ފައިސާ ހަމަކުރީ ކިހިނެތްކަމެއް އަދި ނޭނގެ އެވެ. ކުރިން ގިނަ ބަޔަކު ތުހުމަތު ކުރީ ބްރެޒިލްގެ ފޯވަޑް ނޭމާގެ ބައްޕައަށެވެ. ނަމަވެސް އޭނާ ވަނީ މައްސަލައިގެ ފުރަތަމަ މަރުހަލާގައި އަލްވެޒްއަށް އެހީވިޔަސް ކުށް ސާބިތުވުމުން އެކަން ހުއްޓާލައިފި ކަމަށް ބުނެފަ އެވެ.

އަލްވެޒް ޖަލަށް ލާފައިމިވަނީ ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކަށް ދަނޑުބޭރުގެ އަހުލާގީ މައްސަލަތަކެއް ކުރިމަތވަމުންދަނިކޮށެވެ. އަލްވެޒް ފަދައިން ރޭޕް ކޭސްއެއްގައި ކުރީގެ ފޯވަޑް ރޮބީނިއޯ ވެސް ވަނީ ހުސްވި ހަފުތާގައި ޖަލަށްލާފަ އެވެ. މިކަމާ ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ކުޅުންތެރިން ގައުމުގެ އަގު ހިފަހައްޓަން ގޮވާލައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް