ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 11:27
ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދު
ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދު
ސޯޝިއަލް މީޑިއާ
ކަރަންޓުގައި ޖެހުނު މީހާ
ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާ އަނިޔާތަކާއެކު ވެއްޓިފައި އޮއްވާ ފެނުނީ ފުލުހުންނަށް
މަރުވީ 27 އަހަރުގެ ޒުވާނެއް
އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް

ހުޅުމާލެ ފޭސް 2 ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހިގެން މަރުވި ޒުވާނާ ފެނުނީ ދަންވަރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް H3 ކައިރީގައި ހުންނަ ޓްރާންސްފޯމަރެއްގެ ތެރޭގައި ކަރަންޓުގައި ޖެހި، އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފަތިހު 4:07 ހާއިރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

- ކޮމެންޓް