ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 05:23
ބްރެޒިލްގެ އެންޑްރިކް ގޯލު ޖަހާފައި އުފާފާޅު ކުރަނީ
ބްރެޒިލްގެ އެންޑްރިކް ގޯލު ޖަހާފައި އުފާފާޅު ކުރަނީ
ޑެއިލީ މެއިލް
ބްރެޒިލް - އިންގްލޭންޑް
ކުޅުނީ އަހަރުމެން، މޮޅުވީ އެމީހުން: ސައުތުގޭޓް
 
އެންޑްރިކް ގޯލު ޖެހިއިރު އުމުރަކީ 17 އަހަރާއި 246 ދުވަސް

ބްރެޒިލާ ދެކޮޅަށް މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އިނގިރޭސިން ކަމަށާއި ނަމަވެސް މޮޅުވީ ލިބުނު ފުރުސަތަކުގެ ބޭނުންހިފި ޓީމު ކަމަށް އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

މި މެޗުގައި އިނގިރޭސިން ބަލިވީ އުމުރުން އެންމެ 17 އަހަރުގެ ފޯވަޑް މޮރެއިރާ ޑި ސޯސާ (އެންރިކް) 80 ވަނަ މިނިޓްގައި ޖެހި ގޯލުންންވެ. މިއާއެކު އެންޑްރިކް ވެފައިވަނީ އިނގިރޭސިވިލާތުގެ ވެމްބްލީގައި ކުލަބާއި ގައުމީ ޓީމަށް ގޯލު ޖަހައިދިން އެންމެ ހަނގު ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުންވީ 17 އަހަރާއި 246 ދުވަހެވެ.

އަންނަ ޖުލައި މަހު ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ޕަލްމެއިރާސްގެ ފޯވަޑް އެންޑްރިކް ޖޯލު ޖެހީ 80 ވަނަ މިނިޓްގަ އެވެ. އޭނާގެ ކުރިން މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހައިން ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވި އެވެ.

އިނގިރޭސި ކޯޗު ސައުތުގޭޓް މެޗަށް ފަހު ބުނީ އޭނާގެ ޓީމުގެ މައްސަލައަކަށްވީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުން ކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް ބޭނުންކުރި މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރުމެން މެޗުގެ ބޮޑު ޕަސެންޓޭޖެއް ކޮންޓްރޯލްކުރިން. ރަނގަޅަށް ކުޅުނިން. އެކަމަކު ނަތީޖާ އެއޮތީ ލިބުނު މުހިންމު ފުރުސަތުތައް ބޭނުންކުރި މީހުންނާއެކު. އަހަރެން ދެކޭ ގޮތުގައި މި މެޗުގައި ހަމައެކަނި މުހިންމު ކަމަކީ ނަތީޖާ އެކަންޏެއްނޫން. ވަރަށް ގިނަ އާ ކުޅުންތެރިން ތިބިއިރު އެމީހުން ދެއްކި ކުޅުން ވެސް ރަނގަޅު،"
ކޯޗު ބުންޏެވެ.

ނިއުކާސަލްގެ އުއްމީދީ އެޓޭކިން މިޑްފީލްޑަރު އެންތަނީ ގޯޑަން އާއި އެޒްކާ ކޮންސާ އާއި 18 އަހަރުގެ ކޯބީ މައިނޫ ވަނީ ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ޖާޒީގައި ކުޅެފަ އެވެ.

މީގެ ތެރެއިން ގޯޑަން ބުނީ އޭނާ ހަނދާން ހުންނަނީ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ވޭން ރޫނީ އާއި ސްޓީވަން ޖެރާޑް ގޯލު ޖަހައިގެން އިނގިރޭސިން މޮޅުވި ހަނދާން ކަމަށާއި އޭނާގެ ޒަމާންވީ އުއްމީދެއް މި މެޗުގައި ހާސިލްވުމުން ވަރަށް އުފާވި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް