ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 14:17
ލ. މާބައިދޫ
ލ. މާބައިދޫ
ޓޫ ތައުޒަންޑް އައިލްސް
މާބައިދޫއިން ގޯތި ދޫކުރުން
މާބައިދޫއިން ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމު ކޮށްފި
 
އެރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 75 ގޯތި

ލ. މާބައިދޫއިން ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމު ކޮށްފިއެވެ.

އެރަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 75 ގޯއްޗެވެ.

މާބައިދޫ ކައުންސިލުން ބުނީ، 3 ޖެނުއަރީ 2022 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ބަލާފައިވާ ކަމަށެވެ. އަދި އެޝަކުވާތައް ބެލުމަށްފަހު ދާއިމީ ލިސްޓް އާއްމުކޮށްފައިވާ ކަމަށެވެ.

މާބައިދޫއިން 75 ގޯތި ދޫކުރާއިރު، އެންމެ މަތިން ތިން މީހަކަށް 86 ޕޮއެންޓް ލިބިފައިވެއެވެ. އަދި އެންމެ ދަަށުން 8 މީހަކަށް 60 ޕޮއެންޓް ލިބިފައިވެއެވެ.

މިގޯތިތައް ދޫކުރުމާއެކު، މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް