ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 05:13
ބަޔާނަށް ކުޅެމުން އަންނަ ޔޫޝުއާ ކިމިކް
ބަޔާނަށް ކުޅެމުން އަންނަ ޔޫޝުއާ ކިމިކް
ރޮއިޓާރސް
ބަޔާން މިއުނިކް
މުސްތަޤުބަލާމެދު ކިމިކް ހުރީ ހަމަޖެހިގެން!
 
ބަޔާނާއެކު އެންމެ ފަހުން ކިމިކް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

މުސްތަޤުބަލާމެދު އޭނާ ހުރީ ވަރަށް ހަމަހިގެން ކަމަށް، ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޔޯޝުއާ ކިމިކް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ބުނީ، ބަޔާންގައި އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ބަޔާނާއެކު އެންމެ ފަހުން ކިމިކް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، ބަޔާނުން އަންނަނީ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކިމިކް ބުނީ، އޭނާގެ އެއްބަަސްވުމުގައި ބާކީ ދެ އަހަރު އޮތް ކަމަށާއި، އެހެންކަމުން މުސްތަޤުބަލާމެދު ހަމަޖެހިގެން ހުރި ކަމަށެވެ. އަވަސް އަރުވާލައިގެން ނިންމުމެއް ނިންމުމުގެ ބަދަލުގައި، މިވަގުތަށް ކުރަން ހުރި މުހިންމު ކަންކަމަށް ސަމާލުކަން ދޭން ބޭނުންވާ ކަމަށް ވެސް ކިމިކް ވަނީ ބުނެފަ އެވެ.

ކިމިކް ބުނީ މިވަގުތު އޭނާގެ ޝައުޤުވެރިކަން އެންމެ ބޮޑަށް ހުރީ، ދެން ބަޔާނާ ހަވާލުވާނެ ކޯޗަކަށް ކަމަށެވެ. މިވަގުތު ބަޔާންގެ ކޯޗުކަމުގައި ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލާނެ އެވެ. އެއާއެކު އަންނަ ސީޒަނަށް ބަޔާނުން އައު ކޯޗެއް ހޯދާނެ ކަމަށެވެ. އެ މަސައްކަތް ބަޔާނުން ކުރަމުން އަންނައިރު، ކިމިކް ބުނީ އެއީ މިވަގުތަށް ބެލުން މުހިންމު ކަމެއް ކަމަށެވެ. އިތުރަށް އޭނާ ބުނީ ދެން އެންމެ މުހިންމު ކަމަކަށް ވާނީ، މި ސީޒަން ވީހާ ވެސް ރަނގަޅަށް ނިންމާލުމަށް މަސައްކަތް ކުރުން ކަމަށް ވެސް ކިމިކް ވަނީ ބުނެފަ އެވެ.

ކިމިކް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 378 މެޗުގައި 41 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 20 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. މިވަގުތު ބަޔާންގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް