ކ. މާލެ
|
22 މާރޗް 2024 | ހުކުރު 21:53
މާލޭގެ މިސްކިތެއް
މާލޭގެ މިސްކިތެއް
ރާއްޖެއެމްވީ
މާލެ ސަރަހައްދުގެ މިސްކިތްތައް
މާލެ ސަރަހައްދުގެ މިސްކިތްތައް ބަލަހައްޓަން ދިވެހިން ހޯދަނީ
 
ވަޒީފާއަށް އެދޭ ފަރާތްތަކުން 28 މަރޗް ގެ މެންދުރު 1 ގެ ކުރިން ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދޭ

މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ދިވެހިން ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ އަދި ހުޅުމާލޭގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށާއި، ސުޕަރވައިޒްކޮށް ބެލެހެއްޓުމުގެ އިތުރުން މިސްކިތްތައް މަރާމާތުކުރުމަށާއި މިސްކިތްތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ދެ ޖިންސުގެ ދިވެހި މުވައްޒަފުން ހޯދަން ބޭނުންވާކަމަށެވެ.

މިގޮތުން އިއުލާންކޮށްފައިވަނީ:

  1. - މޭސަން، (2 މީހުން) : 15،000 ރުފިޔާ
  2. - ވެލްޑަރ، (2 މީހުން) : 15،000 ރުފިޔާ
  3. - ކާޕެންޓަރ، (1): 15،000 ރުފިޔާ
  4. - ޕްލަމްބަރ، (2 މީހުން): 15،000 ރުފިޔާ
  5. - އިލެކްޓްރީޝަން، (1): 15،000 ރުފިޔާ
  6. - ޓެކްނީޝަން، (2 މީހުން) : 15،000 ރުފިޔާ
  7. - ސުޕަވައިޒަރ، (5 މީހުން) : މުސާރަ 5020، ރުފިޔާ، ސަރވިސް އެލަވަންސް 1500 ރުފިޔާ
  8. - ފޮޅާ ސާފުކުރާ މަސައްކަތު މީހުން (110 މީހުން) : 12،000 ރުފިޔާ
  9. - މަރާމާރުކުރާ މަސައްކަތު މީހުން (5 މީހުން) : 12،000 ރުފިޔާ
  10. - އެޑްމިނިސްޓްރޭޓިވް އޮފިސަރ (3 މީހުން) : މުސާރަ 4465 ރުފިޔާ، ސަރވިސް އެލަވަންސް :1500 ރުފިޔާ

ވަޒީފާއަށް އެދޭ ފަރާތްތަކުން 28 މަރޗް ގެ މެންދުރު 1 ގެ ކުރިން ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެދެއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ މިސްކިތްތައް ބަލަހައްޓަން ދިވެހި މުވައްޒަފުން ހޯދުމަށް އިއުލާންކުރި ތިން ވަނަ ފަހަރުކަމަށެވެ. ވީހާވެސް ގިނަ ދިވެހި މުވައްޒަފުން މިވަޒީފާތަކަށް ނިކުތުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް