ކ. މާލެ
|
22 މާރޗް 2024 | ހުކުރު 19:58
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ
މަޖިލިސް
ސަރުކާރުގެ މަގުބޫލުކަން ދަށަށްދިޔުން
ފެންނަނީ ކުރިޔަށް އޮތް އިންތިޚާބުން ސަރުކާރު ބަލިވާތަން: ޔައުގޫބް
 
ތިން މަސްވީއިރު މިސަރުކާރާމެދު ރައްޔިތުންގެ އެއްވެސް ޔަގީންކަމެއްނެތްކަމަށް ޔައުގޫބް ވިދާޅުވި

މިސަރުކާރުގެ މަގުބޫލުކަން ދަނީ އެއް ދުވަހުން އަނެއްދުވަހަށް ކުޑަވަމުންކަމަށާއި ފެންނަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން މިސަރުކާރު ބަލިވާތަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅުގެ ނަމުގައި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވާކަމަށާއި ނަމަވެސް ފެންނަމުންދަނީ މިސަރުކާރާމެދު ރައްޔިތުންގެ ހިތުގައި އޮތް ރުޅިވެރިކަންކަމަށެވެ. އެގޮތުން ޚާއްސަކޮށް މިސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ފަރާތްތަކުގެ މެދުގައި އެހިތްހަމަނުޖެހުން ބޮޑުކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ބޭނުންކުރައްވައިގެންކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ރައީސް ޔާމީނާމެދު ކަންކުރެއްވި ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުމާއި ނަފްރަތު މިސަރުކާރަށް އެބައޮތްކަމަށެވެ. އަދި މިސަރުކާރުން ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ސަރުކާރަށް ތިން ދުވަސްވީއިރު ރައްޔިތުން ސަރުކާރަށް ފާޑުކިޔަން ފަށައިފިކަމަށެވެ. އަދި ތިން މަސްވީއިރު މިސަރުކާރާމެދު ރައްޔިތުންގެ އެއްވެސް ޔަގީންކަމެއްނެތްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މިސަރުކާރުގެ ޕޮޕިޔުލާރިޓީ އޮތްވަރު ބެލުމަށް މިހާރުވެސް ވޯޓު ނަގައިފިއްޔާ 10 އިންސައްތަވެސް ނުލިބޭނެ. އެހާވެސް ބޮޑަށް މިސަރުކާރާމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އެބައޮތް.
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

ޔައުގޫބް ވިދާޅުވީ ރައީސް މުއިއްޒު ވަރަށް ފޯރީގައި ރަށްރަށާއި މާލޭގައި ކެމްޕެއިން ކުރައްވަމުން ގެންދަވާކަމަށާއި ނަމަވެސް ލިބޭ ހިތްހަމަޖެހުމަކީ ކުރިޔަށް އޮތް އިންތިޚާބުން އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބިގެންދާތަން ފެންނަމުންދިޔުންކަމަށެވެ.

މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ސަބަބުތައް ކިޔައިދެއްވަމުން ޔައުގޫބް ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް ޕީޕީއެމް އިން ފާއިތުވި 3 އަހަރު މައިގަނޑު ގޮތެއްގައި ދެއްކި ވާހަކައަކީ ރާއްޖޭގައި އިންޑިޔާ ސިފައިންތިބި ވާހަކަކަމަށެވެ. ސަރުކާރާ ހަވާލުވުމަށްފަހު އުޅެންޖެހުނީ އެވާހަކަތައް އެއީ ހަގީގަތެއްކަން ރައްޔިތުންނަށް ދެއްކުމަށްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުންނަށް އިހުސާސްކުރެވޭ ގޯހެއްކަން މިއުޅެނީ. މިއުޅެނީ މިތާ ތިބި ބައެއް. ވަގަށް އައިސް ތިބި ބައެއް ނޫން މިއީ. މިތާންގައި ތިބި ބައެއްގެ ވާހަކަ މިއުޅެނީ އަދަދު ނޭންގިގެން މުޅި ދައުލަތަކުން މުޅި ސަރުކާރަކަށް މިއުޅެނީ އިންޑިޔާ ސިފައިންގެ އަދަދު ނޭންގިގެން. އެންމެފަހުން ބަލާއިރު 77، 78 އެކި އަދަދުތައް މިއުޅެނީ. ރައްޔިތުންނަށް މިހާރު ޔަގީންވޭ އޮޅުވާލީކަން.
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ

މީގެއިތުރުން ރައްޔިތުން މިސަރުކާރަށް ވޯޓު ދިނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ހުއްޓާލަން ނޫންކަމަށާއި ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރަށްރަށުގައި ހިންގަމުން އައި މަޝްރޫޢުތައް ހުއްޓާލީކަމަށް ޔައުގޫބް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުގައި 1900އެއްހާ މަޝްރޫޢު ހިންގަމުންދިޔައިރު ރައްޔިތުން މިސަރުކާރަށް ވޯޓު ދިނީ އެމަޝްރޫޢުތައް އެގޮތުގައި ކުރިޔަށް ގެންދިޔުމާއެކު އިތުރު މަޝްރޫޢުތައް ހިންގުމަށްކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާގެ މައްސަލައަށްވާއިރު މިދިޔަ ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާ ޒުވާނުންނަށް އުފެއްދިކަމަށް ޔައުގޫބް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރު ވެރިކަމަށް އައިސް ހަފްތާއެއް ނުވެ އެކި ތަންތަނުން މުވައްޒަފުން ކަނޑަން ފަށައިފިކަމަށް ޔައުގޫބް ވިދާޅުވިއެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ ކުންފުނިތަކަށް ބޭނުންވާވަރަށް ވުރެ އިތުރަށް މުވައްޒަފުން ތިބުމުން ކަނޑަނީކަމަށްކަމަށާއި ނަމަވެސް މިހާރު އެތައް މުވައްޒަފުންނެއް ކެނޑުމަށްފަހު އެއަށްވުރެ ގިނަ މުވައްޒަފުން ވައްދަމުން ގެންދާކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މިކަމުންވެސް އެނގެނީ އެކުންފުނިތަކުގައި އެވަރުގެ ކެޕޭސިޓީ ހުރިކަންކަމަށާއި ކެޕޭސިޓީ ނެތްކަމަށް ބުނެ ސަރުކާރުން ހެދީ ދޮގުކަންކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މިސަބަބުތަކާހެދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާތަން ފެންނަކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މި ސަރުކާރަށް އިގްތިސާދު މެނޭޖުކުރަން ނޭނގޭ، އެކަމުގެ ނޭދެވޭ އަސަރު ގައުމުން ދަނީ ފެންނަމުން: މެންބަރު ޔައުގޫބް
މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ މިސަރުކާރަށް ލިބިއްޖެނަމަ، ޓެކްސް ބޮޑުކުރާނެ: މެންބަރު ޔައުގޫބް
މި ސަރުކާރު މޮޅީ، މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަން ނިގުޅައިގަތުމަށް: މެންބަރު ޔައުގޫބް
ފްލެޓްތައް ދޫކުރުން ލަސްކުރަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން، ރައްޔިތުން މުޒާހަރާއަށް ނުކުންނަންޖެހޭ: މެންބަރު ޔައުގޫބް
ސާޖިދާ އެ ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރަށް ނުފޫޒު ފޯރުވަން - މެންބަރު ޔައުގޫބް
ސާޖިދާއާއެކު ހެދި އެއްބަސްވުން އުވާލަން ކުއްލި މައްސަލައެއް
މަސްކިލޯއެއް 25 ރުފިޔާއަށް ވުރެ ބޮޑަށް ގަނެވޭނެ، އަގު ކުޑަކުރަނީ މަސްވެރިންނަށް ޖެއްސުން ކުރުމަށް: މެންބަރު ޔައުގޫބް
ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން