ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 13:27
ވެލާނާގެ
ވެލާނާގެ
ރާއްޖެއެމްވީ
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު
"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލަނީ
ބޯޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައި
ޝައުގުވެރިވާ ފަރާތްތަކުން، 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު ފުރުއްމަށް އެދިފައިވޭ

"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިނިސްޓްރީން ބުނީ، އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1-59 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އަދި މި ބޯޑުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުޅުވާލާފައިވަނީ ވަކި ދާއިރާތަކަކުންނެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތައް، ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތައް، އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތައް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތްތައް އަދި ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތްތައް ހިމެނެއެވެ.

މިނިސްޓްރީން ވަނީ އެ ދާއިރާއެއްގެ ފަރާތުން "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު ފުރުއްމަށް އެދިފައެވެ.

- ކޮމެންޓް